ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 ޖުލައި 2022 11:59 ގައި ބާތިލް ކުރެވިފައެވެ.
އަނގޮޅިތީމު ވަލުގައި ހުރި ރައްޔިތުންގެ "ކަށިކެޔޮފަލާއި ބަނބުކެޔޮފާ" 02 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް 2022 ޖޫން 16 ވަނަ ދުވަހު މިއިދާރާގެ ނަންބަރު (IUL)301-PJ/301/2022/86 އިޢުލާނަށް ކުރިމަތިލީ ފަރާތްތަކުގެތެރެއިން ބިޑު ކާމިޔާބު ކުރިފަރާތުން ބިޑު ދޫކޮށްލުމާއި ގުޅިގެން އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި ރަށު ވަލުގައި ހުރި ރައްޔިތުންގެ " ކަށިކެޔޮފަލާއި ބަނބުކެޔޮފާ" 02 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލަމެވެ. ކަށިކެޔޮފަލާއި ބަނބުކެޔޮފާ ކުއްޔައް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ކަމާއި ބެހޭގޮތުން މަޢްލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢުލާނުގައިވާ "އަގު ހުށަހަޅާ މުއްދަތު" ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:30 ދެމެދުގައިވާ ވަގުތެއްގައި މި އިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 9606580071+ އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ތިރީގައި ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އައިޑީކާޑު ގެންނަންވާނެއެވެ. މީގެ ތެރެއިން އަގު ހުށަހަޅާނީ ތިރީގައިވާ ތާވަލްގައިވާ ގޮތަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި އެޑްރެސް އަދި "ރ.އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.
ހުށަހަޅަން ޖެހޭ ތާރީޚް / ގަޑި |
ނަން |
# |
04 އޮގަސްޓު 2022 / 13:15 |
އަނގޮޅިތީމު ރައްޔިތުންގެ ކަށިކެޔޮފަލާއި ބަނބުކެޔޮފާ |
1 |
25 ޛުލްޙިއްޖާ 1443
24 ޖުލައި 2022