މަޤާމު
|
އެސިސްޓެންޓް ޑިރެކްޓަރ
|
ބޭނުންވާ ޢަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ (އެމް. އެސް 3)
|
ރޭންކް: MS3
|
މުސާރަ
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
ރިސްކް އެލަވަންސް
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު -/50 ރުފިޔާ
|
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް
|
އަސާސީ މުސާރައިގެ %35
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނޭޝަނަލް ޑްރަގް އޭޖެންސީ / ކ. މާލެ (ފައިނޭންސް އެންޑް ބަޖެޓް ސެކްޝަން)
|
ތަޢުލީމާއި ތަޖުރިބާ
|
- ފައިނޭންސް/އެކައުންޓިންގ/ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، ފައިނޭންސް/އެކައުންޓިންގ/ބިޒްނަސް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ފައިނޭންސް/އެކައުންޓިންގ/ބިޒްނަސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ފައިނޭންސް/އެކައުންޓިންގ/ބިޒްނަސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ފައިނޭންސް/އެކައުންޓިންގ/ބިޒްނަސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އެން.ޑީ.އޭއާއި އެން.ޑީއޭ.ގެ މުވައްސަސާތަކުގެ މަސައްކަތްތައް ރޭވިފައިވާގޮތަށް ހިންގުމަށް ބޭނުންވާ ބަޖެޓް މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތަށް ތައްޔަރުކޮށް ސަރުކާރުން ބަޖެޓް ހޯދުމުގެ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން.
- ޕޭމަންޓް ވައުޗަރތަކުގެ ރަޖިސްޓްރީގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި ފައިސާ ނުލިބިގެން ހުށަހަޅާ ސްޓޭޓްމަންޓަކަށްފައިސާ ދެއްކުމުގެ ކަންތައް ހިންގާ ބެލެހެއްޓުމާއި އަދި ޕެޓީކޭޝް ފައިސާގެ ކަންތައް ހިންގާ ބެލެހެއްޓުން.
- އެން.ޑީ.އޭގެ ބަޖެޓާއި ގުޅިގެން ފޮނުވަންޖެހޭ ރިޕޯޓްތައް ކަމާގުޅުންހުރި ދާއިރާތަކަށް ފޮނުވުމާއި، ފައިސާއާއިބެހޭ އެންމެހާ ރެކޯޑްސްތައް ސެކްޝަންގައި ބެލެހެއްޓޭނެ އިންތިޒާމް ރާވައި ހިންގުން.
- އެން.ޑީ.އޭގެ ބަޖެޓާއި ބޭރުގެ އެހީއާއި އެހެނިހެން ސަރުކާރުގެ މުދާ ބޭނުންކޮށްފައިވާގޮތް ދާއިރާގެ ތެރެއިން އޮޑިޓްކުރުމުގެ މަސައްކަތް ރާވައި ހިންގާ ބެލެހެއްޓުން.
- ބަޖެޓާއި ގުޅުންހުރި ކަންކަމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި އޮޑިޓްއޮފީހާއެކު ކުރަންޖެހޭ މުޢާމަލާތުތައް ޒިންމާދާރުވެރިޔާގެ ލަފާގެމަތިން ކުރިޔަށްގެންދިއުން.
- ނަފާ ޓްރަސްޓް ފަންޑް އެކައުންޓްގެ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން.
- އެން.ޑީ.އޭއާއި އެން.ޑީ.އޭގެ ދަށުން ހިންގާ ސެމްޓަރުތަކުގައި ކުރާ މަސައްކަތްތަކާ ގުޅިގެން އެހެނިހެން ފަރާތްތަކަސް ދޭންޖެހޭ އުޖޫރައާއި ޗަންދާއާއި، ދާއިރާއަށް ލިބޭ އާމްދަނީގެ ކަންތައްތައް މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
|
މަޤާމު
|
އެސިސްޓެންޓް ކައުންސެލަރ
|
ބޭނުންވާ ޢަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ޖީ.އެސް.4)
|
ރޭންކް: GS4
|
މުސާރަ
|
މަހަކު -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ރިސްކް އެލަވަންސް
|
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު -/100 ރުފިޔާ
|
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް
|
އަސާސީ މުސާރައިގެ %35
|
ޑިޕާޓްމަންޓް
|
ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ
|
އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން
|
ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ (ކ.ހިންމަފުށި)
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޓްރީޓްމެންޓް ސެންޓަރުތަކުން ފަރުވާނިންމުމަށްފަހު ކޮމިއުނިޓީއަށް ބަދަލުކުރެވޭ ކްލައިންޓުންނަށާއި ކޯޓްތަކުން ކޮމިއުނިޓީއަށް ޙުކުމްކުރެވޭ ކްލައިންޓުންނަށާއި ބެލެނިވެރިންނަން ކޮމިއުނިޓީ ސަރވިސް ސެންޓަރުން ދޭންޖެހޭ ކްލިނިކަލް ޚިދުމަތްތައް ރާވައި ހިންގުން.
- ކްލައިންޓުންގެ ފައިލްތައް އަޕްޑޭޓްކުރުމާއި، ރިކޯޑްތައް ބެލެހެއްޓުން.
- ކްލައިންޓުންގެ ރިޕޯޓްތައް ނިންމާ ޓްރީޓްމެންޓް އަދި މުރާޖާޢާ ކޮމެޓީއަށް ހުށަހެޅުން.
- ޑްރަގް ކޯޓަށް ފޮނުވާ ރިޕޯޓްތައް ޤަވާއިދުން ތައްޔާރުކޮށް ޑްރަގް ކޯޓަށް ފޮނުވުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން .
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ އެސެސްމެންޓް ރިޕޯޓް ލިޔުން)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެގެން އޮންނަންވާނެއެވެ.
|
ސުންގަޑި
|
16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2014 ވަނަ އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރ މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 15 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3334568އެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
|