ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2022/295
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި: 10 އޮގަސްޓް 2022 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-327859

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ / ކ. މާލެ

މުސާރަ:

-/4465

ސަރވިސް އެލަވަންސް:

-/1500

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ    %35
  • ސަޕޯޓިންގ ކޯ އެލަވަންސް:             %700

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެގްޒެކެޓިވް ސަރވިސް ޔުނިޓަށް އަންނަ ލިޔެކިއުންތައް ބެލެހެއްޓުމާއި މިނިސްޓަރ،ސްޓޭޓްމިނިސްޓަރ އަދި ޕީ.އެސް ގެ ލަފާގެމަތިން ޖަވާބުދޭންޖެހޭ އެންމެހާ ލިއުންތަކަށް ޖަވާބުތައްޔާރުކުރުން. 
  2. އެގްޒެކެޓިވް ސަރވިސް ޔުނިޓުގެ އެންމެހާ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  3. މިނިސްޓަރ، ސްޓޭޓް މިނިސްޓަރުންނާއި އަދި މިނިސްޓަރުގެ ނާއިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  4. މިނިސްޓަރ، އަދި ސްޓޭޓް މިނިސްޓަރުންނަން އަންނަ އެޕޮއިންޓްމަންޓްތައް އެބޭފުޅުންގެ ލަފާގެމަތިން ޝެޑިއުލްކޮށް އެ އެޕޮއިންޓްމަންޓްތަކާ ގުޅޭގޮތުން ގުޅަންޖެހޭ ފަރާތްތަކާއިގުޅާ ބޭއްވޭ މީޓިންގ ތަކުގެ ޔައުމިއްޔާ ގަވާޢިދުން ލިޔެ ފޮލޯއަޕް ހަދަންޖެހޭ ކަންކަމުގެ ފްލޯއަޕްހެދުން.
  5. މިނިސްޓްރީން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގެ ތެރެއިން މިނިސްޓަރ، ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓަރުގެ ނާއިބުން ބައިވެރިވެ ވަޑައިގަންނަވާ އެކިއެކި އިވެންޓް ތަކާބެހޭ މަޢުލޫމާތު އެބޭފުޅުންގެ މަޝްވަރާގެމަތިން ތައްޔާރުކޮށް މިނިސްޓްރީގެ މީޑިއަރ ޔުނިޓަށް ފޮނުވުން.
  6. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި މިނިސްޓަރުގެ ނާއިބުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޑެލިގޭޓުންނާ އެކު ބާއްވަވާ ބައްދަލުވުންތަކާއި ގުޅިގެން ރާވާ އިންތިޒާމް ކުރަންޖެހޭ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުމާއި އެބައްދަލުވުންތަކުގެ ޔައުމިއްޔާލިޔެ ފައިލްކުރުން.
  7. ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ޖަވާބު ދާރީ ވާންޖެހޭ ކަންތައްތަކުގައި އެހީތެރިވެދިނުމާއި އެކަންތައް ތަކުގެ ރެކޯޑު ބެލެހެއްޓުން.
  8. މިނިސްޓަރ އަދި ޕާރމަނަންޓް ސެކްރެޓެރީގެ ލަފާގެމަތިން ސެކްޓަރހެޑްމީޓިންގ ބޭއްވުމުގެ އެންމެހާ އިންތިޒާމުތައް ރާވާ ބެލެހެއްޓުމާއި އެމީޓިންގތަކުގެ ޔައުމިއްޔާ ގަވާއިދުންލިޔެ ފްލޯއަޕް ހެދުން.
  9. މިނިސްޓަރ އަދި ސްޓޭޓްމިނިސްޓަރ ފުރުވުމަށްޓަކައި އެއަރޕޯރޓަށް ދާންޖެހިއްޖެ ހާލަތަކުގައި އެއަރޕޯޓަންދިއުން.

10. އެގްޒެކްޓިވް ޔުނިޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ އެޑްމިން ސެކްޝަނަން ފޮނުވުން.

11. މިނިސްޓަރ އަދި ސްޓޭޓްމިނިސްޓަރ ރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި ބައިވެރިވާންޖެހިއްޖެ ހާލަތެއްގައި ބައިވެރިވުން.

12. މިނިސްޓަރ،ސްޓޭޓްމިނިސްޓަރ މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ އެންމެހާ ވަސީލަތްތައް ބަރާބަރަށް ހުރޭތޯބެލުމާއި މަދުވާތަކެތި އެޑްމިން އަދި ޕްރޮކިއުމަންޓް މެދުވެރިކޮށް ހޯދުން.

13. މިނިސްޓަރ އަދި ސްޓޭޓް މިނިސްޓަރުން ތިއްބަވާ ކޮޓަރިކޮޅުތަކުގެ އެތެރޭގެ އިންތިޒާމްތައް ބެލެހެއްޓުމާއި ބައިވެރިވެ ވަޑައިގަންނަވާ މީޓިންތަކަށް ހަމަޖައްސަން ޖެހޭ ކަންތައްތައް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ހަމަޖެއްސުން.

14. ޔުނިޓުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު  ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރާ މަސައްކަތްތައް ކުރުން އަދި ޔުނިޓަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބުދާރީވުމާއި ވަގުތުން ވަގުތަށް ކަމާބެހޭ ބޭފުޅުންނަށް މަޢުލޫމާތު އެރުވުން.

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ ނުވަތަ އެއާ އެއްވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް'  ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ތަޢުލީމީ ރޮނގު(ތައް):

  • ނެތް

 

ޕްރިފަރޑް ޑިސިޕްލިން(ތައް) :

  • ނެތް

 

ކޯ ޑިސިޕްލިން(ތައް):

  • ނެތް

 

ގުޅޭވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

(ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛   
    (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
    (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ، 11 އޮގަސްޓް 2022 އާއި 25 އޮގަސްޓް 2022 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ3018329 ،3018326،3018328 އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

24 ޖުލައި 2022