މަސައްކަތް
ނަންބަރު: (IUL) 138-ES2/138/2014/169
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 1626
ސުންގަޑި: 14 އޮކްޓޫބަރު 2014 1100
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް އިމްޕެކްޓު އެސެސްމަންޓު ރިޕޯޓު ތައްޔާރުކުރަން ބޭނުން ވެއްޖެ

އިޢުލާނު

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން މާލެ، ވިލިނގިލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 162 ހައުސިންގ ޔުނިޓު އިމާރާތްކުރުމަށް ހަދަންޖެހޭ އީ.އައި.އޭ (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (93 /4)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވެއެވެ. 

މިރިޕޯޓު ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތަށް 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހު 11:00 ގައި މިމިނިސްޓްރީއަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯނު: 3004300  ފެކްސް:3004301

އީ-މެއިލް: [email protected]

7 ޛުލްޙިއްޖާ 1435ހ.

2014-10-01