ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-4A/426/2022/345
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 13:32
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަގުމަތީގައި 4 ފުރޮޅުލީ އުޅަނދު ޕާކު ކުރުމާއި ގުޅޭ

އިޢުލާން

  މަގުމަތީގައި 4 ފުރޮޅުލީ އުޅަނދު ޕާކު ކުރުމާއި ގުޅޭ:

         ވެދުން ސަލާމަށްފަހު ދަންނަވަމެވެ. 

        މިހާރަކަށް އައިސް މިއަވަށުގެ މަގުތަކުގައި، ދާއިމީ ގޮތެއްގައި ބައެއް ފަރާތްތަކުން، 4 ފުރޮޅުލީ އުޅަނދުތައް (ކާރު، ލޮރީ، ޕިކަޕް ފަދަ ތަކެތި) ޕާކު ކޮށްފައި ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން، ޢާންމުކޮށް ދުއްވާ ތަކެއްޗަށާއި، ވެމްކޯގެ ކުނި އުފުލާ ޓްރަކްތަކަށާއި، އެމްބިއުލާންސްތަކާއި، އަދި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރުމުގައި ބޭނުންކުރާ އުޅަނދުތަކަށް އިންތިހާއަށް ދަތިވަމުންދާ ކަމުގެ ޝަކުވާ މިއޮފީހަށް ކެނޑިނޭޅި ލިބެމުންދާކަން ފާހަގަ ކުރަމެވެ.  

        އުޞޫލެއްގެ ގޮތުން 4 ފުރޮޅުލީ އުޅަނދުތަކަކީ، ޕާކުކުރުމަށް ވަކި ގަރާޖެއް ހަމަޖެހިގެން ރަޖިސްޓަރީވެފައިވާ ތަކެތިކަމުގައި ވާތީ، ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ އުޅަނދުތައް  ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްގައި ބޭއްވުމަކީ، އެންމެންގެ މަންފާއަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި މިއޮފީހުން ދެކެމެވެ.  

        ވީމާ، މިއަދުން ފެށިގެން، 4 ފުރޮޅުލީ އުޅަނދުތައް މަގުމަތީގައި ޕާކުކޮށްފައި ނުބޭއްވުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ. 
        އަވަށުގެ ކަންކަމުގައި ރައްޔިތުން އަބަދުވެސް ދެއްވަވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

22 ޛުލްޙިއްޖާ 1443

21 ޖުލައި 2022

21 ޖުލައި 2022