ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)270/270/2022/90
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 22:44
ސުންގަޑި: 26 ޖުލައި 2022 00:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަކުނުދޫ ކައުންސިލުން އިންތިޒާމް ކުރާ ޤުރުއާން މުބާރާތުގެ ފަނޑިޔާރުން ހޯދުމާއި ގުޅޭ

ނަންބަރ: (IUL)270/270/2022/90

އިޢުލާން

 

މަކުނުދޫ ކައުންސިލުން އިންތިޒާމް ކުރާ ޤުރުއާން މުބާރާތުގެ ފަނޑިޔާރުން ހޯދުމާއި ގުޅޭ

 

މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން މި އަހަރުގެ އޮގަސްޓުމަހުގެ 26 ގައި ބާއްވަން ހަމަޖެހިފައިވާ މަކުނުދޫ ކައުންސިލް ޤްރުއާން  މުބާރާތަށް ފަނޑިޔާރުން ބޭނުންވާތީ، ފަނޑިޔާރުކަން ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުބާރާތް އޮންނަ ތާރީޚް:

26، 27، 28 އޮގަސްޓް 2022

ބޭނުންވާ އަދަދު:

3 (ތިނެއް)

އެލަވަންސް:

-/1200ރ (ބާރަ ސަތޭކަ ރުފިޔާ) ދުވާލަކަށް ހަމަޖައްސައި ދެވޭނެއެވެ.

އިތުރު އިނާޔަތްތައް:

ދެކޮޅު ދަތުރު އަދި ހުރުމާއި ކެއުން ހަމަޖައްސައި ދެވޭނެއެވެ.

ޝަރުތު:

  1. ދަށްވެގެން ޤުރުއާން މުދައްރިސް ކަމުގެ ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން
  2. މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލް މަދަރުސާ، ޤުރްއާން ކިލާސްތައް އަދި ޔުނިވަރސިޓީ، ކޮލެޖުގެ އެއްވެސް މުވައްޒަފަކަށް އަދި މުބާރާތުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ މައިންބަފައިން އަދި ގާތްތިމާގެ މީހެއް  (މަހުރަމް) ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފަނޑިޔާރުކަމަށް އެދި ސިޓީ ހުށަހެޅުން

2. ފަނޑިޔާރުކަމަށް އެދޭ ފަރާތުގެ ވަނަވަރު

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

4. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އަދި،

5. އިޢުލާން ކުރެވިފައިވާ ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

ފަނޑިޔާރުކަމަށް އެދެންވީގޮތް:

ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކާއި އެކު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. 

ސުންގަޑި:

26 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 00:00 ގެ ކުރިން

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6520038 ނުވަތަ 9460170  އަށްގުޅުއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

23 ޛުލްޙިއްޖާ 1443

22 ޖުލައި 2022

22 ޖުލައި 2022