ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)315-SM/315/2022/78
ޕަބްލިޝްކުރި ތާރީޚް: 22 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 16:19
ސުންގަޑި: 01 އޮގަސްޓް 2022 13:30
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު – ޕްރީ ސްކޫލް ހިންގުން

ބ.ކެންދޫގައި ޕްރީ ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ޕްރީ ސްކޫލް ހިންގާނެ ފަރާތެއްގެ ގޮތުގައި ޢައްޔަންކުރާނީ މިކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް ޢާއްމުކުރެވިފައިވާނެއެވެ.

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލްގެ ނަމާއި ބީލަންވެރިޔާގެ ނަމާ އެޑްރެސްލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، މި ރަށުގައި ޕްރީ ސްކޫލް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

އެހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖުލައި 2022

22 ޖުލައި 2022