ކުއްޔަށް ހިފުން
ނަންބަރު: (IUL) 425-CB/1/2014/193
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 13 އޮކްޓޫބަރު 2014 11:30
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުފުއްޔެއް ކުއްޔަށް ހިފުން:

މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ކުނީގެ މަސައްކަތުގައި ބޭނުންކުރުމަށް އުފުއްޔެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)425-CB/1/2014/182 (17 ސެޕްޓެންބަރު 2014) ގެ އިޢުލާނާ ގުޅިގެން އަގު ހަށަހެޅުއްވި ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ތަން

ގަޑި

ދުވަސް

މަޢުލޫމާތު ސާފުކުރެއްވުމަށް

13 އޮކްޓޫބަރު 2014

މާލޭ ސިޓީ ހޯލް

11:30

ހޯމަ

އަގު ހުށަހެޅުއްވުމަށް   

19 އޮކްޓޫބަރު 2014

މާލޭ ސިޓީ ހޯލް

11:30

އާދީއްތަ

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

7 ޛުލްޙިއްޖާ 1435

01 އޮކްޓޫބަރު 2014