ވަޒީފާގެ ފުރުޞަތު
ނަންބަރު: L6MC-A/2014/13
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 16 އޮކްޓޫބަރު 2014 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެން ލީގަލް އޮފިސަރ

މިކޯޓުގެ މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް އާންމުކޮށް އިޢުލާނު ކުރީމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެން ލީގަލް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

އަސާސީ މުސާރަ:

9,412/-(ނުވަހާސް ހަތަރުސަތޭކަ ބާރަ) ރުފިޔާ

ސަރވިސް އެލަވަންސް:

3,000/-(ތިންހާސް) ރުފިޔާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓް (ފ. ނިލަންދޫ)

ތަޢުލީމާއި ތަޖްރިބާ:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތްތައް:

  1. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރި ކާވެނި އަދި އެގްރިމެންޓް ރަޖސްޓްރީކުރުމަށް ހުށަހަޅާ ފޯމްތައް ބަލައިގަތުމުގެކުރިން މަޢުލޫމާތުތައް ފުރިހަމަވެފައިވޭތޯ ބަލައި ޗެކްކުރުން.
  2. ކޯޓަށް ހުށަހެޅޭ މައްސަލަތައް މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން  ސެކްޝަންތަކާ ޙަވާލުކުރުމާއި މައްސަލަތަކާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް އެކުލަވާލުމަށް މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.
  3. އެކިއެކި ކޯޓުތަކުން ބަޔާންނެގުމަށާއި، މީހުން ހާޟިރުކޮށް ދެއްވުމަށް އަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން  ބަޔާންތައް ނެގުން.
  4. ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓު ހިންގެވުމާ ޙަވާލުވެހުންނެވި މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން.
  5. ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި މައްސަލައިގެ ފައިލް ޢަރުޝީފާ ޙަވާލުކުރުން.
  6. އެގްރިމެންޓް ރަޖިސްޓްރީކުރުމާބެހޭ އިދާރީ މަސައްކަތްކުރުން.
  7. ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، އަދި ރިޕޯޓް  ހޯދަން އެދޭ ފަރާތްތަކަށް  ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާޢިދުން ދޫކުރުން.
  8. ޝަރީޢަތާބެހޭ ބަޔާންތައް ނަގައި ބަޔާންތައް  ތައްޔާރުކުރުން.
  9. މިނޫންވެސް ޝަރީޢަތާބެހޭ ސެކްޝަންތަކުގެ މަސައްކަތްތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ކުރުން.
  10.  

އުޖޫރައާއި ޢިނާޔަތްތައް:

މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސް، ޖުޑީޝަލް އެލަވަންސް އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ އެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މެޖިސްޓްރޭޓު ކޯޓުތަކުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެ އެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުއްވުން.
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރަމުން ދާނަމަ މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެގޭގޮތަށް އެތަނެއްގެ ތައްގަނޑުޖެހި ލިޔުން.
  6. އަލަށް ވަޒީފާއާގުޅޭ މީހުންނާއި، GS3 ރޭންކުންފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާމީހުން ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

2014 އޮކްޓޫބަރު 16 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އެހެނިހެން ކަންތައްތައް:

  1. މިމަޤާމަށްއެދިހުށަހަޅާފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވުމާއެކު ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70ވަނަ މާއްދާގެ (ހ)ގެ 6ވަނަ ނަންބަރާއި 7ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކަށްވެގެން ނުވާނެއެވެ.
  2. ފެކްސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައްވެސް ބަލައިގަނެވޭނެއެވެ. އެހެންނަމަވެސް އިންޓަވިއުއަށް ޙާޟިރުވާއިރު ފޯމުގެ އަޞްލު ގެންނަންވާނެއެވެ. އިންޓަވިއުއަށް ޙާޟިރުވާއިރު ފޯމުގެ އަޞްލު ނުގެންނަވައިފިނަމަ ފޯމް ބާޠިލް ކުރެވޭނެއެވެ.
  3. އިންޓަވިއުއަށް ޙާޟިރުވާއިރު، ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.

މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި، އިންޓަވިއުގައި ހޯދާ މާކްސްގެ ޖުމުލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން 2014 އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހުންފެށިގެން މިކޯޓުގައާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެތާރީޚުންފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ ރަށުގައި ޙާޟިރުވެ ތިބުމަށް ދެންނެވީމެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮންނަ އިންޓަވިއުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ލަސްވެގެން 2014 އޮކްޓޯބަރ 14 ވަނަ ދުވަހުގެ 15:00ގެ ކުރިން މިކޯޓުގެ ނަންބަރު:6740067 ފޯނަށް ގުޅުއްވައި ނަންނޯޓުކުރެއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު:6740067 ފޯނަށް ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6740600 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

29 ސެޕްޓެންބަރު 2014