ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)218-QAS/218/2022/3
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 15:17
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

 

           މި އޮތޯރިޓީން ހިންގުމުގެ ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމްތައް ހިންގުމުގައި، ހުއްދަ ދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފަށް، މަތީ ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ޢަމަލު ކުރަމުންދާކަމަށް ޢާންމު ފަރާތްތަކުން މި އޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދެއެވެ. މިގޮތުން އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ހިންގުމުގެ ހުއްދަ ދީފައިނުވާ ޕްރޮގްރާމްތައް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގައި ހިންގާކަމަށް އިޝްތިހާރު ކުރަމުންދާކަން އެބަ ފާހަގަކުވެއެވެ. އަދި މި ޢަމަލަކީ ގަވާއިދު ނަންބަރު: 2022/R-77 "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު" އާ ޚިލާފު ޢަމަލެކެވެ.

            މިފަދަ ޢަމަލުތައް މި އޮތޯރިޓީއަށް ފާހަގަކުރެވުމުން، މި އޮތޯރިޓީން އެ މައްސަލަ ބަލައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެކަމުގައި ދެންނެވީމެވެ. އަދި ދަންނަވަމެވެ. ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ޚިލާފަށް ހިންގާ ޕްރޮގްރާމްތައް މި އޮތޯރިޓީން ބަލައި ނުގަންނާނެ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންނަށާއި ޢާންމު ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިކަން އަންގައި އިޢުލާން ކުރީމެވެ.

21 ޖުލައި 2022

21 ޖުލައި 2022