ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2022/67
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:49
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
06 މަސްދުވަހުގެ ރިޕޯރޓް ހިއްސާކުރުން

                  2022 ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް ރައްޔިތުންނާއި ޙިއްޞާ ކުރުމަށް ބާއްވާ ބައްދަލުވުން 29 ޖުލައި 2022 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ބ. ހިތާދޫ ސުކޫލްގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެއެވެ.

                  ވީމާ، މިބައްދަލުވަމަށް ވަޑައިގަތުމަށް، ބ. ހިތާދޫގެ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. އަދި 2022ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް މި އިދާރާގެ ނޯޓިސްބޯޑުގައި ހަރުކުރެވިފައި ހުންނާނެ ވާހަކަ ދެންނެވީމެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ ޢިއުލާނުކުރީމެވެ.

 

22 ޛުލްޙިއްޖާ 1443 ހ.

21 ޖުލައި 2022