އިންޝުއަރެންސް
ނަންބަރު: AI/IUL/2014/059
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 16 އޮކްޓޫބަރު 2014 14:00
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ތަކާފުލް (އިސްލާމިކް އިންޝުއަރަންސް) ވިއްކާދޭނެ އޭޖެންޓުން ހޯދުމާބެހޭ

މިކުންފުނިން ދެމުންގެންދާ ތަކާފުލް (އިސްލާމިކް އިންޝުއަރަންސް) ޚިދުމަތްދޭނެ ޤާބިލް އޭޖެންޓުން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކުންފުނިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހުގެ މެންދުރު 14:00ގެ ކުރިން އަޔާދީ ތަކާފުލް (އެލައިޑް އިންޝުއަރަންސްގެ ހެޑް އޮފީސް)، ފެން ބިލްޑިންގ، 2 ވަނަ ފަންގިފިލާ، އަމީނީ މަގު، އަށް ތަކާފުލް އޭޖެންޓުންނަށް ވުމަށް އެދޭ ފޯމާއި ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ އަދި ސީވީ އާއި އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

*ނޯޓް: އެޕްލިކޭޝަން ފޯމު އަޅުގަނޑުމެންގެ ވެބްސައިޓް، www.ayady.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

   4 ޛުލްޙިއްޖާ 1435

 

 

 

                  

28 ސެޕްޓެންބަރު 2014