ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫކައުންސިލްގެ އިދާރާ
ލަންދޫ- ދިވެހިރާއްޖެ
ނަމްބަރ: 289/289/2022/42(IUL)
އިޢުލާން
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު :
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ޖުލައި މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލުވުން ، 2022 ޖުލައި 29 ވާ ހުކުރު ދުވަހުގެ ރޭ 08:30 ގައި ލަންދޫ ސްކޫލް ހޯލްގައި ބޭއްވުމަށްވަނީ ނިންމަވާފައެވެ. މި ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް، ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ.
ވީމާ ލަންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.