ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2022/44
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 07 އޮގަސްޓް 2022 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓާރ އޮފީސް އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމާއި ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

އިންޓާރ އޮފީސް އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމާއި ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

 ބަނޑިދޫ ކައުންސިލާއި ބަނޑިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދ. ބަނޑިދޫގެ އޮފީސްތަކުގެ  މެދުގައި ވޮލީ ކުޅުމުގެ ފޯރި އިތުރުކުރުމާއި، އެކުވެރިކަން  އާލާކުރުމާއި އަދި ދ. ބަނޑިދޫއިން ހުނަރުވެރި މޮޅު ވޮލީ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ އިންޓާރ އޮފީސް ''އަންހެން އަދި ފިރިހެން ވޮލީ މުބާރާތް 2022'' މިއަންނަ އޯގަސްޓް މަހު 17 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.   

  މި 2 މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން، ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް ފުރުއްވުމަށްފަހު ހުށައެޅުވުން އެދެމެވެ. ފޯމް ހުށައަޅާނީ ފޯމްގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ފަހު 11 އޮގަސްޓް 2022 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިންނެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުވުމަށްފަހު 14 އޮގަސްޓް 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. ފޯމް ހުށައަޅާނީ މި އިދާރާއަށް އަށެވެ. ޓީމް ރަޖިސްޓްރީކުރަން އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް އަދި މުބާރާތުގެ ހިންގާ ގަވައިދު 25 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން މިއިދާރާގެ ކައުންޓަރުން އަދި މި އިދާރާގެ ފޭސްބުކް ޕޭޖުން ލިބެންހުންނާނެވާހަކަ ދެންނެވީމެވެ.

   މި 2 މުބާރާތް ސްޕޮންސަރ ކުރުމަށް އެދޭ ފަރާތްތަކުން 07 އޮގަސްޓް 2022 ވަނަ ދުވަހުގެ  13:00 ގެ ކުރިން ސިޓީ އަކުން އެދި ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓައިޓަލް ދެވޭނީ 60000 ރުފިޔާއިން ފެށިގެން އެންމެ މަތީ އަގެއް ހުށައަޅާ ފަރާތަށެވެ. މުބާރާތުގެ ކޯ ސްޕޮންސާރުންގެ ގޮތުގައި އެކި ދާއިރާތައް ވަކިވަކިން ހުށައެޅިދާނެއެވެ.

          މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                    21 ޖުލައި 2022

 

21 ޖުލައި 2022