ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު : ލެބޯޓްރީ އެސިސްޓެންޓް
ބޭނުންވާ އަދަދު : 01
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނާއި ސެކްޝަން : ރ.މަޑުއްވަރީ ސްކޫލް – އެކަޑަމިކް ސެކްޝަން
ޝަރުޠު :
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
|
ލެބޯޓްރީ އެސިސްޓެންޓް |
GS3 |
އޮފިސަރ ގްރޭޑް 1 |
|
4465.00 |
1500.00 |
|
މަޤާމުގެ މަސްއޫލިއްޔަތު: (ހ) ސްކޫލުގެ ސައެންސް ލެބޯރޓްރީގައިވާ ހުރިހާ އިކުއިޕްމެންޓާއި ކެމިކަލްއާއި އެހެނިހެން ތަކެތީގެ ރިކޯޑު ބެލެހެއްޓުމާއި އެތަކެތި ރައްކާތެރިކަމާއެކީ ހުންނަންވާ ތަންތަނުގަ ބެހެއްޓުމާއި ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން. (ށ) ޓައިމްޓޭބަލް ކުރެވިފައިވާ ގޮތަށް ލެބޯރޓްރީ ގަޑިތަކަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމާއި އެ ގަޑިތައް ނެގުމުގައި ޓީޗަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ގަޑިނިމިގެން ބޭނުންކުރި ހުރިހާ އެއްޗެއް ސާފުކޮށް ހުންނަންވާ ތަންތަނަށް ލައި ރައްކާކުރުން. (ނ) ކެމިކަލްފަދަ ތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ ވަގުތުން ކަމާބެހޭ ފަރާތަށް އަންގާ އަވަސް ޙައްލު ހޯދުން. އުޖޫރައާއި އިނާޔަތްތައް : - އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. - ސަރުކާރު މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައި ދެވޭނެއެވެ. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް - ވަޒީފާގެ ޝަރުޠު - ތަޢުލީމާއި ތަމްރީނު - މަސައްކަތުގެ ތަޖުރިބާ - އިންޓަވިއު - ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެމިސްޓްރީ، ފިޒިކްސް އަދި ބަޔޮލޮޖީ އިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުންނަށް އިސްކަންދެވޭނެއެވެ. ހުށަހަޅުއްވަންޖެހޭ ތަކެތި: 1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި (މި ފޯމު މަޑުއްވަރީ ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ) 2- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް. 3- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓު ކުރެވިފައިވާ ކޮޕީގެ އަސްލު.) 4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) ފޯމު ފޮނުވަންޖެހޭ ތާރީޚު: 15 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން މަޑުއްވަރީ ސްކޫލް އޮފީހަށް. އިންޓަވިއު އޮންނާނެ ތަނާއި ގަޑި: - އިންޓަވިއު އޮންނާނީ 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ މެންދުރުފަހު 01:15 ގައި މަޑުއްވަރީ ސްކޫލްގެ ސައިންސްރޫމް ގައެވެ. - މި ވަޒީފާއަށް އެދި ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. - އިންޓަވިއު އަށް ހާޒިރުވާއިރު ތައުލީމީ ސެޓްފިކެޓްތަކާއި، އައި.ޑީ.ކާޑް އަދި އެހެނިހެން ތަޖުރިބާގެ ލިޔުންތަކުގެ އަސްލު ގެންނަށްވާނެއެވެ. އިތުރު މައުލޫމާތު މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6580146 ނަންބަރު ފޯނާއެވެ. |