ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2022 ރާވާ ހިންގާނެ ޖަމިއްޔާއެއް ހޯދަން ބޭނުންވެއްޖެ
ގދ. ތިނަދޫގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ރޫޙު އަށަގަންނުވައި މަސައްކަތުގެ މާޙައުލުން ބޭރުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިވެ ޓީމްވޯރކް ވަރުގަދަކޮށް ކުޅިވަރުގެ ފޯރިޔާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރުވުމުގެ މަގުފަހި ކުރުމަށްޓަކައި "ތިނަދޫ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2022" މިނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ގަސްތުކުރެވިފައެވެ. މި މުބާރާތް އިންތިޒާމްކޮށް ހިންގުމަށްޓަކައި ޖަމިއްޔާތަކަށް ޕްރޮޕޯސަލްތައް ހުށެހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
|
ތާރީޚް |
ގަޑި |
ތަން |
ރަޖިސްޓްރޭޝަން މުއްދަތު |
20 ޖުލައި 2022 އިން 03 އޯގަސްޓް 2022 |
8:30 – 13:00 |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
ޕްރޮޕޯސަލް ހުށަހެޅުން |
09 އޯގަސްޓް 2022 |
13:30 (މެންދުރު) |
ގދ.ތިނަދޫ ކައުންސިލް އިދާރާ |
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، ރަޖިސްޓްރީވުމަށް ދެންނެވިފައިވާ މުއްދަތުގައި މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މި މުބާރާތުގެ މަޢުލޫމާތު ޝީޓް ރަޖިސްޓްރޭޝަން މުއްދަތު ހަމަވުމުން، ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.