ޢާންމު މަޢުލޫމާތު
ނަންބަރު: 03
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 20 އޮގަސްޓް 2022 00:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށިން ހައުސިން ޔުނިޓް ދޫކުރުން

އިޢުލާނު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިރަށުގައި މިހާރު ޢިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓް ބޭނުންވާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތަށް، އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި  ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ކެޓެގަރީތައް ތިރީގައި އެވަނީއެވެ.

  1. ކެޓެގަރީ- A މި ކެޓެގަރީގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ 83 (އަށްޑިހަ ތިނެއް) ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ، ކޮޅުމަޑުލު ތިމަރަފުށީ ރައްޔިތުންގެ ތެރެއިން އެ ހައުސިންގ ޔުނިޓް ބޭނުންވާ ފަރާތްތަކަށެވެ.
  2. ކެޓެގަރީ- B މި ކެޓެގަރީގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ 15 (ފަނަރަ) ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ، ކޮޅުމަޑުލު ތިމަރަފުއްޓަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށެވެ.

 ވީމާ، މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ އުޞޫލުގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފަހު، ފޯމްގެ އަޞްލު، 2022 އޯގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 12:00 އަށް ކައުންސިލް އިދާރާގައެވެ. ފޯމު ފުރިހަމަކުރާއިރު، ފޯމުގައިވާ ނުކުތާތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ނުފޭދޭ ގަލަމަކުން ސާފުކޮށް ކިޔަން އެނގޭގޮތަށް ފޯމު ފުރުއްވުމަށް ދަންނަވަމެވެ.

     މި  ހައުސިންގ ޔުނިޓްތައް ދޫކުރުމުގެ ކަންކަން އިވޭލުއޭޓް ކުރުމަށް އެކުލަވާލެވިފައިވާ "ވިލަރެސް ކޮމިޓީ" ގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ

މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

#

ނަން

އެޑްރެސް

ތަމްޞީލުކުރާ ދާއިރާ/ ހައިޞިއްޔަތު

1

އަލްފާޟިލް އިސްމާއިލް އިބްރާހިމް

ސިލިންކޯ/ ތ. ތިމަރަފުށި

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ރައީސް (ކައުންސިލް މެމްބަރުންގެ ތެރެއިން)

2

އަލްފާޟިލް އަލީ ޝާހް

ބިނާ/ ތ. ތިމަރަފުށި

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ މެންބަރު (ކައުންސިލް މެމްބަރުންގެ ތެރެއިން)

3

އަލްފާޟިލާ މަރިޔަމް އިނާޝާ

ވާރޭވިލާ/ ތ. ތިމަރަފުށި

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ މެންބަރު (ކައުންސިލް މެމްބަރުންގެ ތެރެއިން)

4

އަލްފާޟިލް މުހައްމަދު ޝަރީފު

އަތަމާއާގެ/ ތ. ތިމަރަފުށި

އ. ކައުންސިލް އޮފިސަރ (ކައުންސިލް އިދާރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން)

5

އަލްފާޟިލް ނާޝިދު އިބްރާހިމް މަނިކު

އަންނާރުމާގެ/ ތ. ތިމަރަފުށި

އ. ކައުންސިލް އޮފިސަރ (ކައުންސިލް އިދާރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން)

6

އަލްފާޟިލް ޢަބްދުﷲ މުނާޒު

މިޔުނިކް/ ތ. ތިމަރަފުށި

ތ އަތޮޅު ތަޢުލީމީ މަރުކަޒު (ދައުލަތުގެ އެކި މުއައްސަސާތަކުން)

7

އަލްފާޟިލް އަހްމަދު އަލްތަފް

ހިރި/ ތ. ތިމަރަފުށި

ކޮޅުމަޑުލު ތިމަރަފުށީ ސިއްހީމަރުކަޒު (ދައުލަތުގެ އެކި މުއައްސަސާތަކުން)

8

އަލްފާޟިލް މުހައްމަދު އަޞްރަފް

ގުލްބަކާވިލާ/ ތ. ތިމަރަފުށި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް/ ތިމަރަފުށި (ދައުލަތުގެ އެކި މުއައްސަސާތަކުން)

9

އަލްފާޟިލް އަހްމަދު އިބްރާހިމް

ކަނީރުމާގެ/ ތ. ތިމަރަފުށި

އާންމު ފަރުދުންގެ ތެރެއިން

 

 

 

 

 

 

 

 

 

 

 

 

ހައުސިންގ ޔުނިޓަށް އެދޭ ފޯމު ފުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށާއި، ހައުސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް

28 ޖުލައި 2022 ވާ ހުކުރު ދުވަހުގެރޭ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާރޕަސް ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ވީހާ ގިނަ ބަޔަކު

ބައިވެރިވެދެއްވުމަކީ، އެދެވިގެންވާ ކަމެކެވެ. މީގެ އިތުރުންވެސް ފޯމު ފުރުމުގައްޔާއި ނުވަތަ ހައުސިންގ ޔުނިޓުތަކާ ގުޅޭ ގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް

ބޭނުންވާނަމަ މިއިދާރާގެ ނަންބަރު 6780702 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ

[email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެވޭނެއެވެ.

 ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާނުކުރަމެވެ.

21ޖުލައި 2022

 

 

 

 

 

 

 

 

 

 

 

 

 

21 ޖުލައި 2022