ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ހިންގަން ހަމަޖެހިފައިވާ ޤުރްއާން ހިތުދަސްކުރާ ކްލާސްތަކަށް 2022 ވަނަ އަހަރުގެ އެއްވަނަ ސެމިސްޓަރގައި ދަރިވަރުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުޠު:
- ކީރިތި ޤުރްއާން ފަރިތަކޮށް ކިޔަވަން އެނގުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
ވީމާ، ޙިފްޡް ކްލާހުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf 2022 ޖުލައި 21 ( ބުރާސްފަތި ) މިއަދުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކްލާހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 އޮގަސްޓް 04 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ( އައިޑީކާޑްގެކޮޕީ އަކާއެކު ) އާއެކު [email protected] އަށް މެއިލްކުރެވިދާނެއެވެ. އަދި މިމަރްކަޒުގެ ކައުންޓަރުން ވެސް ފޯމް ބަލައި ގަންނާނެ ވާހަކަ ދަންނަވަމެވެ.
މި ކްލާސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2022 އޮގަސްޓު 10 އިން 2022 އޮގަސްޓު 14 އާއި ދެމެދުއެވެ.