ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2022/103
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 03 އޮގަސްޓް 2022 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާރޓްޓައިމް މަސައްކަތު ވަޒީފާއަށް މީހުން ހޯދުން

މިކައުންސިލްގެ ތިރީގައި މިދަންނަވާ މަސައްކަތު ޕާޓްޓައިމް ވަޒިފާއަށް މީހުން ނެގުމަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:     3

މުއްދަތު:         1  އަހަރު   

މުސާރަ:           މަހަކު -/2000 ރުފިޔާ ( މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ ޢިނާޔަތްތައް ލިބޭނޭ އެވެ.  

ފެންވަރު ނުވަތަ ޝަރުޠު: (ހ) އަސާސީ ފެންވަރަށް ލިޔަން ކިޔަން އެގުން

                 (ށ) ޢުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 2 ގަޑި އިރު  މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1-                ރަށުގެ އިޖްތިމާޢީ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި ސަރަޙައްދުތައް ހިންމަފުށީ ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ ދަށުން ކުނިކަހާ ވިނަނޮޅާ ނެގޭކުނިތައް ބޭގްނުވަތަ ޑަސްބިނަށްއެޅުން.

2-                ރަސްމީ ކޮންމެދުވަހަކު ކުނިކަހަންޖެހޭ ސަރަޙައްދުތައް ކުނިކެހުން. (އިލޮށިފަތިން ކަހަންޖެހޭ ކެހުމެއްނަމަ އިލޮށިފަތި  ގެނައުމަކީ ވަޒީފާ ލިބުނުފަރާތުގެ ކަމެކެވެ.)

3-                ގަބުރުސްތާނުގެ ބޭރު ވިނަނޮޅުމާއި ކުނިކަހާސާފުކޮށް ބެލެހެއްޓުން.

4-                ކައުންސިލުން އަންގާ މުނިސިޕަލް މަސައްކަތް ތައްކުރުމާއި މުހިންމު މުނާސަބަތަކަށް ރަށުގެ ވަކިސަރަޙައްދެއް ކުނިކަހަންޖެހިއްޖެނަމަ ކުނިކެހުމާއި އެކަމެއްކައުންސިލުން އަންގާގޮތެއްގެމަތިންކުރުން.

5-                ފެން އިސްކުރުބަރިއަށް ފެން ބަލާ އަންނަ ފަރާތްތަކަށް ކިއު ނަންބަރުދޫކޮށް ތަރުތީބުން އެފަރާތްތަކަށް ފެންދޫކުރުން.

6-                ފެން ދޫކުރަމުންދާ ގަޑީގައި ދިމާވަމުންދާ އެންމެހާ ކަންތައްތައް ކައުންސިލާއި ގުޅިގެން ޙައްލުކުރުން. 

7-                ފެން އިސްކުރު ސަރަޙައްދު ހަފްތާއަކު 2 ފަހަރު ކުނިކަހާ ސާފުކުރުމާއި، ފެން އިސްކުރު މުށިތަކާއެކު އުނގުޅާ ދޮވުން.

8-                މީގެއިތުރުންވެސް ކައުންސިލުން އަންގާގޮތެއްގެމަތިން މުނިސިޕަލް ސަރވިސް އާއި ގުޅޭ ކަންތައްތައްކުރުން.

 

           ވީމާ، މިވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އައި ޑީ ކާޑުގެ ފޮޓޯ ކޮޕީއާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

 

ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.  

  

           މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖުލައި 2022