ދިވެހިރާއްޖެ
މަޤާމު: އައި.ޓީ އޮފިސަރ
ޢަދަދު: 01
މުސާރަ: -/7875
ސަރވިސް އެލަވަންސް: -/2000
ނޮން-ޕްރެކްޓިސް އެލަވަންސް: މުސާރައިގެ %45
މަޤާމުގެ މަސްއޫލިއްޔަތު: ޓްރައިބިއުނަލްގެ ކޮމްޕިއުޓަރުތަކާއި، ރިކޯޑު ކުރާ ނިޒާމާއި، ނެޓްވަރކް،ސާވަރ އަދި މިނޫންވެސް ޓެކްނޮލޮޖީއާއި ގުޅޭ ތަކެތި ހޯދުމުގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، ނެޓްވޯރކް އަދި ސާވަރއަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ބެލެހެއްޓުމާއި،ސޮފްޓްވެއަރތަކާއި،އައިޓީއާގުޅޭ އިލެކްޓްރޯނިކް ސާމާނަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ ބެލެހެއްޓުން، އަދި ޓްރިބިޔުނަލްގެ ވެބްސައިޓް ހެދުމުގައި އެހީތެރިވުމާއި، ބެލެހެއްޓުމާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މުވައްޒަފުންނަށާއި، މެމްބަރުންނަށް އެހީތެރިވެދިނުން.
ފެންވަރު ނުވަތަ ޝަރުޠު: 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް ހާސިލު ކުރެއްވުމަށްފަހު މަސައްކަތުގެ ދާއިރާގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
2. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
ވީމާ މި މަޤާމްތަކަށް އެދިލައްވާ ފަރާތްތަކުން 16 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަޑު ޖަހާފައިވާ އަސްލު)، އައި.ޑީ ކާޑުގެ ކޮޕީ އަދި މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސެޓުފިކެޓް ލެވެލްއިން ފެށިގެން މަތީގެ ސެޓުފިކެޓްތައް ހުންނަންވާނީ އެކްރިޑޭޓް ކުރެވިފައެވެ. މިމަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
06 ޛުލްޙިއްޖާ 1435