މަސައްކަތް
ނަންބަރު: (IUL)296-A/296/2022/33
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 02 އޮގަސްޓް 2022 14:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނާސަރީ ކުލާހުގައި ކިޔަވައި ދިނުމާއި އަދި ސާފު ކުރުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން

މިއިދާރާގެ ފަރާތުން ހިންގާ ނާސަރީ އަދީ ބޭބީ ނާސަރީ ކުލާހުގައި ކިޔަވައި ދިނުމާއި އަދި ސާފު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.

  • ·         ކިޔަވައިދިނުމުގެ މަސައްކަތް

ބޭނުންވާ ޢަދަދު: 02

ޝަރުތު: ކިޔަވައިދިނުމުގެ މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއި އެކު، ސާނާވީ އިމްތިހާނަކުން ދެމާއްދާއިން ދައްވެގެން، ޑީ ފާސް ލިބިފައި ވުމާއި އެކު، ސެކަންޑްރީ ސްކޫލް އިމްތިހާންއިން " ދިވެހި" މާއްދާއިން ސީ ލިބިފައިވުން.

އުޖޫރަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 35/71ރުފިޔާ (ތިރީސްފަސްރުފިޔާ ހަތްދިހަ އެއްލާރި)

މަސައްކަތް ކުރަން ޖެހޭވަގުތު: ކިޔަވައިދޭ ދުވަސްތަކުގައި ދުވާލަކު 3.30ގަޑި ތިރީސް މިނިޓް. އިތުރަށް މަސައްކަތް ކުރަން ޖެހިއްޖެ ނަމަ ، ގަޑިއަކަށް ކަނޑައެޅިފައިވާ އުޖޫރަ ލިބޭނެއެވެ.

  • ·         ސާފުކުރުމުގެ މަސައްކަތް

ބޭނުންވާ ޢަދަދު: 01

ޝަރުޠު: ޢަރަބި ތާނަ ލިޔަން ކިޔަން އެނގުމާއި އެކު، ކުޑަކުދިން ގެންގުޅެވޭ ފަދަ މީހަކަށް ވުން

އުޖޫރަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 14/29ރުފިޔާ (ސާދަރުފިޔާ ނަވާވިސްލާރި)

މަސައްކަތް ކުރަން ޖެހޭވަގުތު: ކިޔަވައިދޭ ދުވަސްތަކުގައި ދުވާލަކު 3.30ގަޑި ތިރީސް މިނިޓް. އިތުރަށް މަސައްކަތް ކުރަން ޖެހިއްޖެ ނަމަ ، ގަޑިއަކަށް ކަނޑައެޅިފައިވާ އުޖޫރަ ލިބޭނެއެވެ.

މިމަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރަން އެދޭ ފަރާތްތަކުން ރަސްމީ ގަޑީގައި 6560016 ފޯނާއި ގުޅުއްވުން އެދެމެވެ.

މިމަސައްކަތްކޮށް ދިނުމަށް އެދޭ ފަރާތްތަކުން ކޮށްދިނުމަށް އެދޭ މަސައްކަތް އެނގޭ ގޮތަށް ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ އާއި އެކު، 02 އޯގަސްޓް 2022ވަނަ ދުވަހުގެ 14.00ގެ ކުރީން މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

          ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ. 

20 ޖުލައި 2022