ދިވެހިރާއްޖެ
|
އިޢުލާން
ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ތިނަދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ ބަޖެޓާއި، މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުމާއި، ވޭތުވެދިޔަ 6 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ޙިއްޞާ ކުރުމަށް ބާއްވާ ބައްދަލުވުން 23 ޖުލައި 2022 ވާ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިނަދޫ ކެމްޕަސް ހޯލުގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ. މި ބައްދަލުވުމުގައި ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމަށް ވަޑައިގަތުމަށް، ތިނަދޫ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.