ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2022/43
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 13:55
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނޑިދޫ ޕްރީސްކޫލްގައި (ނާސަރީ އަދި ބޭބީ ނާސަރީ) ގެ ކިޔެވުން ފެށުމާއި ގުޅޭ

 ބަނޑިދޫ ޕްރީސްކޫލްގައި ނާސަރީ އަދި ބޭބީ ނާސަރީ ދަރިވަރުންނަށް ކިޔަވައިދިނުން މި ފެށޭ 2022-2023 ދިރާސީ އާއަހަރު ކުރިޔަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި ދަރިވަރުންގެ އަތުން ފީ ނުނަގާ ގޮތަށްވެސް ވަނީ ނިންމާފައެވެ.

  2022-2023 ވަނަ ދިރާސީ އަހަރު ބަނޑިދޫ ޕްރީސްކޫލަށް ދަރިވަރުން ވައްދަން އެދޭ ފޯމް 20 ޖުލައި 2022 ން ފެށިގެން ބަންދޫނޫން ކޮންމެ ދުވަހަކު 9:00 ން ފެށިގެން 12:00 އަށް މިއިދާރާއިން ލިބެންހުންނާނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް މިއިދާރާގައެވެ. ފޯމް ބަލައިގަތުމަށް ފަހު 2022-2023 ވަނަ ދިރާސީ އަހަރަށް ބޭނުންވާ ތަކެތީގެ ލިސްޓް (ފޮތްލިސްޓް) ދޫކުރާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

 ބޭބީ ނާސަރީއާއި ނާސަރީއަށް ވައްދާނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ 2022 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 1 އަށް ތިރީގައިވާ ތާވަލްގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

2023-2022 ވަނަ އަހަރު ގްރޭޑަށް ވަދެވޭ އުމުރު ފުރާ

ބޭބީ ނާރސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭކުދިން

ނަރސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭކުދިން

     ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

20 ޖުލައި 2022          

 

20 ޖުލައި 2022