ދިވެހިރާއްޖެ
ޢިއުލާން
މިކައުންސިލާއި އެމް.އައި.ޓީ އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ނެޝަނަލް ސެޓްފިކެޓް IIIއިން ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް ކޯހާއި ގުޅޭ .
މިކައުންސިލާއި އެމް.އައި.ޓީ އާއި ގުޅިގެން، މިއަހަރުގެ (2022) އޯގަސްޓް މަހުގެ ތެރޭގައި ނެޝަނަލް ސެޓްފިކެޓް III
އިން ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް ކޯސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޯހަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި މިދަންނަވާ ލިޔެކިޔުންތައް ކައުންސިލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.
- އެމް.އައި.ޓީ ސްޓޫޑެންޓް އެޕްލިކޭޝަން ފޯމް (ކައުންސިލްގެ ކައުންޓަރުން ފޯމް ލިބިވަޑައިގަންނަވާނެ)
- އައިޑީ ކާޑު ކޮޕީ
- ސްކޫލް ލީވިންގ ސެޓްފިކެޓް
- ޖީސީ އޯލެވެލް / އޭލެވެލް ފުރިހަމަކޮށްފައިވާނަމަ ، ސެޓްފިކެޓްތައް
- މަތީ ތައުލީމް ހާސިލް ކުރައްވާފައިވާނަމަ ، ސެޓްފިކެޓް
ކޯހާއި ގުޅޭ މައުލޫމާތު ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ.
ކޯހުގެ މުއްދަތު |
4 މަސް ދުވަސް |
ކޯސް ފީ |
-/2،000 (ދެހާސް ރުފިޔާ) |
ކޯހާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 11:00 – 14:00 އަށް ، ނަންބަރު 6660656 ފޯނަށް (އާއިޝަތު ލިއުސާ / އ.ކައުންސިލް އެގްޒެކެޓިވް) ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
20 ޖުލައި 2022