ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-YC/1/2014/269
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 20 އޮކްޓޫބަރު 2014 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޒުވާނުންގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޒުވާނުންގެ ޤައުމީ އިނާމު 2014، ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ 2014 އަދި

ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ޤައުމީ އިނާމު 2014އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.     

މިމިނިސްޓްރީގެ ފަރާތުންބާއްވަމުން އަންނަ " ޒުވާނުންގެ ޤައުމީ އިނާމު " މި އަހަރުވެސް ދިނުމަށްވަނީ ޤަސްދު ކުރެވިފައެވެ. މިގޮތުން މި އިނާމު ދިނުމަށް ކަނޑައެޅިފައިވަނީ ތަފާތު ދާއިރާތަކުގައި ޒުވާނުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެގޮތުންނާއި، ޒުވާނުންނަކީ މަސައްކަތަށްް ޝައުޤުވެރިވާ ޤައުމުގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރުދަނާ ބަޔަކަށް ހެދުމުގެ ގޮތުން، މަސައްކަތުގެ އަގުވަޒަން ކުރުމުން އަންނަ ފަރާތްތަކަށް ދެވޭ އިނާމެކެވެ.

ވީމާ މި އިނާމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރާގެ ޒުވާނުންނާާއި، ޒުވާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކުލަބު / ޖަމުއިއްޔާ ތަކަށް އަދި ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީފިލާއަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުންފެށިގެން ހުޅުވާލާފައިވާ ވާހަކަ ދެންނެވީމެވެ.

މި އިނާމަށް ހުށަހަޅަންޖެހޭ ފޯމު ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، ވެލާނާގެ 3 ވަނަ ފަންގިފިލާ، މިނިސްޓްރީގެ ވެބް ސައިޓް، www.youth.gov.mv އަދި މާފަންނު ޔޫތު ސެންޓަރުންނާއި، އަތޮޅު ކައުންސިލްތަކުންނެވެ. ފޯމު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 20 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުއެވެ. އަދި 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އެޕްލިކޭޝަން ފޯމުތައް މާފަންނު ޒުވާނުންގެ މަރުކަޒުގެ ކައުންޓަރަށް ހުށަހަޅަންވާނެއެވެ.

6 ޛުލްޙިއްޖާ 1435  

30 ސެޕްޓެންބަރު 2014