ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-ESMS/272/2022/39
ޕަބްލިޝްކުރި ތާރީޚް: 20 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 28 ޖުލައި 2022 20:45
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކައުންސިލުން ބާއްވާ ބައްދަލުވުން

ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން، ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ކައުންސިލްގެ ބައްދަލުވުމާއި ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 1-107 ވަނަ މާއްދާގެ ދަށުން، ކައުންސިލުން ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކޮންމެ 4 (ހަތަރެއް) މަހަކުން ބާއްވަންޖެހޭ ބައްދަލުވުން، މި ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:45 ގައި ޕްރީސްކޫލު ހޯލުގައި އޮންނާނެއެވެ.

މި ބައްދަލުވުމުގައި 2023 ވަނަ އަހަރަށް ކައުންސިލުން ލަފާކުރާ ބަޖެޓާއި 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލަށް ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. އަދި 2022 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ކައުންސިލުން ހިންގި ހަރާކަތްތަކުގެ ރިޕޯޓާއި މާލީ ރިޕޯޓް ހުށަހެޅުން ހުށަހެޅުން އޮންނާނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލުން ކުރަމުންދާ ކަންތައްތަކާއިބެހޭ މަޢުލޫމާތު ޙިއްޞާކޮށް ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުން އޮންނާނެ ވާހަކަ ދަންނަވަމެވެ. މި ބައްދަލުވުމަށް ނޫމަރާގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ޖުލައި 2022