ދިވެހިރާއްޖެ
ޕްރީސްކޫލް މަރާމާތު ކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ
ބ.މާޅޮހު ޕްރީސްކޫލް މަރާމާތު ކޮންދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު:((IUL)319/319/2022/26) އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް، އަލުން އިޢުލާންކުރަމެވެ. މިއިދާރާއިން ފޯރުކޮށްދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.
ބިޑް ރަޖިސްޓްރީކުރުން
މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖުލައި 25 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށް މި އިދާރާ އަށް ވަޑައިގެން، މި އިދާރާގެ ނަންބަރު 6600056 ގުޅުއްވައިގެން ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް [email protected] އީމެއިލްއަށް ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތަފްސީލު (ނަމާއި އެޑްރެސް/ ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައިޑީ ކާޑު ނަންބަރު، ވިޔަފާރި / ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ) އިޢުލާން ނަންބަރާއި އެކު މެއިލްކޮށް ދިނުން އެދެމެވެ.
މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅުން
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ، 2022 އޮގަސްޓް 03 ވާ ބުދަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލްގައެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވެލައްވާނަމަ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑް ހުށަހަޅަންވާނެއެވެ.
މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުސޫލު
- މަސައްކަތަށް ހުށަހަޅާ އަގު: %80
- މަސައްކަތައް ހުށަހަޅާ މުއްދަތު: %20
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6600056 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.އަދި މިއިދާރާގެ އީމެއިލް: [email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
20 ޛުލްޙިއްޖާ 1443
19 ޖުލައި 2022