ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 220-RPR/1/2014/103
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 31 އޮކްޓޫބަރު 2014 00:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ނުއުފުލޭމުދާ ކުއްޔަށްދޫކޮށްގެން އާމްދަނީ ހޯދާ ފަރާތްތައް ރަޖިސްޓަރީކުރުން

ދިވެހިރާއްޖޭގައި ނުއުފުލޭމުދާ ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދާ ފަރާތްތައް ޤާނޫނު ނަންބަރު 2010 /3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމުގައި މުދަލުގެ ޤާނޫނީ ވެރިފަރާތަކީ އެކަކަށްވުރެ ގިނަ ފަރާތްތަކެއް ކަމުގައި ވާނަމަ ނުވަތަ އެގޯތި ރަޖިސްޓަރީ ކުރެވިފައިވަނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ކަމުގައިވާނަމަ، އެވިޔަފާރި ރަޖިސްޓަރީކުރަން ޖެހެނީ އެ ހުރިހާ ފަރާތްތައް ބައިވެރިވާ "ޑީމްޑް ޕާޓްނަރޝިޕް" ގެ ގޮތުގައެވެ.

ވީމާ، މިފަދަ ފަރާތްތަކުން އެނޫން ގޮތަކަށް މި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާނަމަ 31 އޮކްޓޫބަރު 2014 ގެ ކުރިން މި އޮތޯރިޓީގައި "ޑީމްޑް ޕާޓްނަރޝިޕް" ގެ ގޮތުގައި ރަޖިސްޓަރީކުރައްވައި ނިންމެވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި، ޑީމްޑް ޕާރޓްނަރޝިޕްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވާ ފަރާތްތައް، ޖޫރިމަނާއާ ނުލައި ރަޖިސްޓަރީ ކުރެވޭނޭ ކަމުގައި ވެސް ދެންނެވީމެވެ.

ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު (MIRA 101) މި އޮތޯރިޓީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mira.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ.

5 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014