ދިވެހިރާއްޖެ
ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ހޯދުން
1. މި ޑިޕާޓްމަންޓުން އިންތިޒާމުކުރާ އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގެންދިއުމާއި، ޖަވާބު ކަރުދާސް ގެނައުމާއި، އިމްތިޙާނުތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ދަތުރުތައް ކުރުމަށް، 15 މަސްދުވަހުގެ މުއްދަތަށް (01 އަހަރާއި 03 މަސްދުވަސް) ލޯންޗު ދަތުރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
2. މި ޕްރޮޖެކްޓަށް ރަޖިސްޓްރީ ކުރުމާއި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު ދިނުން 2022 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެ ހެނދުނު 10.00 ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ހ. އަސްރަފީވިލަ 3 ވަނަ ފަންގިފިލާ، މީޓިންގ ރޫމް) ގައެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޮގަސްޓު 03 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މި ޑިޕާޓްމަންޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2022 އޮގަސްޓު 04 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ހ. އަސްރަފީވިލަ 3 ވަނަ ފަންގިފިލާ، މީޓިންގ ރޫމް) ގައެވެ.
5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އަދި ތަފްސީލު ޝީޓު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންގެ ފޯން: 4003967 7533006 /އިންލިބިވަޑައިގަންނަވާނެއެވެ.
20 ޛުލްޙިއްޖާ 1443
19 ޖުލައި 2022