ދިވެހިރާއްޖެ
މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: އޮފިސަރ ގރ 1
އަދަދު: 01
އަސާސީ މުސާރަ: 4350ރ - 5100ރ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އެސްޓީއޯ މެޑިކަލް ސާވިސް އޮފީސް
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: 1500.00ރ އާއި 2100.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)
* ޕެންޝަން
މަޤާމުގެ މަސްއޫލިއްޔަތު:
* ސްޓޮކުން ޓްރާންސިޓް އަދި ނެގެޓިވް ސްޓޮކް މޮނިޓަރ ކުރުން
* ސްޓޮކް ގުނުން
* އެކްސްޕަޔަރ ވެފައިވާ ސްޓޮކާއި ގެއްލުން ލިބިފައިވާ ސްޓޮކް ވެރިފައި ކުރުން
* އިންވެންޓަރީ އާ ގުޅުން ހުރި އެހެނިހެން މަސައްކަތް ކުރުން
ތަޢުލީމީ ތަޖުރިބާ:
* ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
* ކޮމްޕިއުޓަރ ސްކިލްސް (ވޯޑް އަދި އެކްސެލް)
އެހެނިހެން ހުނަރު:
* ގިނަވަގުތު މަސަައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 9 ގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
http://www.stomaldives.com/downloads/ އެސްޓީއޯ ވެބްސައިޓް
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓަށް ބަލާފައެވެ.
- އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯނު: 3344245 ފެކްސް: 3344041 އީމެއިލް: [email protected]