ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2014/395
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 12 އޮކްޓޫބަރު 2014 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

މި ކުންފުނީގެ ތިރީގައި ދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ސީނިއަރ އޮފިސަރ

އަދަދު: 1

މުސާރަ: 5380.00ރ

މަސައްކަތް ކުރަންޖެހޭ ތަން: ރީޖަނަލް ސޭލްސް ޑިޕާޓްމަންޓް / އެސްޓީއޯ ޓްރޭޑް ސެންޓަރ

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ރީޖަނަލް ސޭލްސް ޑިޕާރޓްމަންޓުގެ ޕޮލިސީތަކާއި ޕްރޮސީޖަރތައް މޮނީޓަރކޮށް ބެލެހެއްޓުން

* ރީޖަނަލް ފިހާރަތަކުގެ ސްޓޮކް ގުނުމާއި ގުޅޭ އެންމެހައި ކަމެއް ރާވައި، ހިންގައި ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

* ބިޒްނަސް ދާއިރާއަކުން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން

* މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން

* ގިނަވަގުތުު މަސައްކަތުގައި އުޅެވޭނެ އަދި އޮފީސް ދަތުރު ތަކުގައި ބައިވެރި ވެވޭނެ މީހެއްކަމުގައި ވުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 12 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

http://www.stomaldives.com/downloads/ އެސްޓީއޯ ވެބްސައިޓް

ނޯޓް:

އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑް އޮފީސް، ބޮޑުތަކުރުފާނު މަގު، މާލެ.

ފޯން: 3344333، 3344273.

 

29 ސެޕްޓެންބަރު 2014