ދިވެހިރާއްޖެ
ނަންބަރ: (IUL)314/INDIV/2022/74
އިޢުލާން
ކައުންސިލް ފުޓްސަލް ޓަރނަމެންޓް 2022
ކައުންސިލް ފުޓްސަލް ޓަރނަމެންޓް 2022 ބޭއްވުމަށް ކުރެވުނު އިއުލާން ނަންބަރު 68/2022/INDIV/--314(IUL) ގައި ތާރީޚުގެ ފުށުއެރުމެއް އައިސްފައިވާތީވެ އިއުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ރަށުފެންވަރުގައި މިކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ފުޓްސަލް ޓަރނަމެންޓް 17 ސެޕްޓެމްބަރ 2022 ގައި ބާއްވާ ގޮތަށް މިކައުންސިލުން ހަމަޖައްސައިފީމެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލެވިފައިމިވަނީ ކަމަދޫގެ ޒުވާނުންގެ އިތުރުން ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު 2 ކުޅުންތެރިން ހިމެނޭގޮތަށެވެ. އަދި ކަމަދޫގެ ޒުވާނުންގެ ގޮތުގައި ކުޅުންތެރިން ބެލެވޭނެގޮތްތަކަކީ:
ހ.ކަމަދޫ ރަޖިސްޓްރީގައި އޮންނަ މީހެއްކަމުގައިވުން
ށ. ކަމަދޫ މީހަކާ އިނދެގެންހުރި މީހަކުކަމުގައިވުން
ނ. ކުޅުންތެރިޔާގެ މަންމަ ނުވަތަ ބައްޕަ ކަމަދޫގެ ރަޖިސްޓްރީގައި އޮންނަ މީހެއްކަމުގައިވުން
މިމުބާރާތުގެ މަޤްޞަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި، ފުޓްބޯޅަ ކުޅިއެރުވުމާއި މުބާރާތްތަކުގައި ވާދަ ކުރުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުޞަތު ހޯދައިދިނުމަށެވެ.
ވީމާ، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 10 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޓީމް ލިސްޓާއެކު ފޯމްތައް މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި، ޓީމް ލިސްޓް ހުށަހަޅުއްވާ ފޯމް މިއަދުން ފެށިގެން މިއިދާރާއިން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.