ދިވެހިރާއްޖެ
މި އިޢުލާންވަނީ 07 އޮގަސްޓް 2022 11:22 ގައި ބާތިލް ކުރެވިފައެވެ.
ހައްދުންމަތީ ހިތަދޫ ކައުސިލްގެ އިދާރާ
ހިތަދޫ، ދިވެހިރާއްޖެ
ނަންބަރު: (IUL)404-CA/404/2022/30
އިޢުލާން
ލ.ހިތަދޫ ކައުންސިލްގެ 3 ވަނަ ފުޓްބޯޅަ މުބާރާތް ހޯސްޓުކުރާނެ ފަރާތެއް ހޯދުމާބެހޭ
ލ.ހިތަދޫ ކައުންސިލްގެ 3 ވަނަ ފުޓްބޯޅަ މުބާރާތް 2022 ހޯސްޓްކުރާނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން (IUL)404-ESMS/404/2022/28 ނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ލ.ހިތަދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށެވެ.
ވީމާ،ޝަޢުޤުވެރިވާ ފަރާތްތަކުން 25 ޖުލައި 2022 ވާ (ހޯމަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިއިދާރާގެ ނަންބަރ 6800803 އަށް ގުޅުއްވައިގެން ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވައިގެން ރަޖިސްޓްރީކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 02 އޮގަސްޓް 2022 ވާ (އަންގާރަ) ދުވަހުގެ 13:00 ގައި ހައްދުންމަތީ ހިތަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 ޖުލައި 2022 ވާ (ހޯމަ) ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ބައްދަލުވުމެއް ނޯންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯން:6800005/7406470
އީމެއިލް: [email protected]
ވީމާ، މިކަންޢާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.
20 ޛުލްޙިއްޖާ 1443ހ
19 ޖުލައި 2022
އިބްރާޙީމް ޝަމްޢޫން
ކައުންސިލްގެ ރައީސް