ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2014/266
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 19 އޮކްޓޫބަރު 2014 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަން: އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މުސާރަ:  5020.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް  / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން "އީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނަކުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން ހިންގަން ބޭނުންވާ ޙަރަކާތްތަކާ ބެހޭ އަހަރީ ވާރކްޕްލޭން، ލަފާކުރާ ޚަރަދާއެކު ތައްޔާރުކުރުން. އަދި އަހަރީ ޕްލޭންގައި ހިމެނޭ ކަންކަން، ސުޕަވައިޒަރުގެ މަޝްވަރާއާއި އެހީތެރިކަން ހޯދައި، އެކަންކަން ވިލަރެސްކޮށް، ހިންގުން.
  2. އެމް.އެން.އައި.އެސް އިން ހިންގަން ހަމަޖެހިފައިވާ ޕްރޮގުރާމުތައް ބެލެހެއްޓުމަށް ހަލާވެފައިވާ ކޯޑިނޭޓަރުންގެ މަސައްކަތްތައް ސުޕަރވައިޒްކޮށް ދިމާވާ ދަތިތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން.
  3. އެމް.އެން.އައި.އެސް އިން ހިންގާ ޕްރޮގުރާމުތައް ރޭވުމާއި، ޕްރޮގުރާމު ހިންގުމަށް ފެސިލިޓޭޓަރުން ހޯދުމާއި، ރާވައިފައިވާ ތާވަލާ އެއްގޮތައް މަސައްކަތް ކުރިއަށް ދޭތޯ ބަލައި ވިލަރެސްކުރުން.
  4. އެމް.އެން.އައި.އެސް އިން ހިންގާ ޕްރޮގުރާމުތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކަތް ކުރުން

ހ. ހިންގާ ޙަރަކާތްތަކާ ގުޅޭ ރިޕޯޓެއް، އެ ޙަރަކާތެއް ހިންގައި ނިމޭތާ ގިނަވެގެން 1 ހަފުތާގެ ތެރޭގައި މަސައްކަތް ސުޕަވައިޒް ކުރާ ފަރާތަށް ހުށަހަޅައި ގެންނަން ފެންނަ އިސްލާޙެއް އޮތްކަމަށްވާނަމަ އެބޭފުޅެއްގެ މަޝްވަރާގެ މަތިން ގެނައުން.

ށ. ހިންގާ ޕްރޮގުރާމުތަކުގެ ކާމިޔާބީ އާއި ނާކާމިޔާބީ ފާހަގަކޮށް، ގެންނަން ފެންނަ ބަދަލުތައް ސުޕަވައިޒަރާ ހިއްސާކުރުން.

  1. ޕްރޮގުރާމުތަކުގައި ކިޔަވައިދޭ އިނސްޓްރަކްޓަރުން / ފެސިލިޓޭޓަރުންގެ އެގްރީމެންޓުގެ މަސައްކަތާއި އެލަވަންސް ދިނުމުގެ ކަންތައް އޮންނަ އުސޫލުގެ މަތީން ކުރިއަށް ގެންދިއުން.
  2. ހަވާލުވެފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ފައިލްތައް ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާއެކު ފެންނާނެ ގޮތުގެ ނިޒާމެއް ޤާއިމުކޮށް ބަލަހައްޓާނެ އިންތިޒާމު ހަމަޖެއްސުން.

މަޤާމުގެ ނަން: އެސިސްޓެންޓް ސްޕޯޓްސް ޑިވެލޮޕްމަންޓް އޮފިސަރ

މުސާރަ: 5020.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން "އީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނަކުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްއިން ހިންގާ ކޯސްތަކުގެ ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރިކޯޑު ފައިލް އަޕްޑޭޓުކޮށް ބެލެހެއްޓުން.
  2. ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ހާޒިރީ އަޕްޑޭޓުކޮށް ބެލެހެއްޓުން.
  3. ދަރިވަރުންނަށް ކޯހުގެ އެސެސްމެންޓުތަކާއި، މޮޑިއުލްސް ބަރާބަރަށް ޙަވާލުކުރުން.
  4. ދަރިވަރުންނަށް ލިބޭކުރިއެރުން ފާހަގަކޮށް އެކަން ދަރިވަރުންނަށާއި ސެކްޝަންގެ ވެރިޔާއަށް އެންގުން.
  5. ދަރިވަރުންގެ އަޚުލާޤާ ބެހޭ ކަންތައްތައް ބެލެހެއްޓުން.
  6. ނަތީޖާ ފޯމު، ދަރިވަރުންނަށް ޙަވާލުކުރަންޖެހޭ ތާރީޚުގައި ޙަވާލުކުރުން.
  7. އިންސްޓްރަކްޓަރުންނާ ގަވާއިދުން ބައްދަލުކޮށް، ހިންގާ ކޯސްތަކާ ގުޅޭގޮތުން މަޝްވަރާކުރުން.
  8. އިންސްޓްރަކްޓަރުންގެ އިރުޝާދުގެ މަތިން ދަރިވަރުންގެ ޚިޔާލާއެކު ކޯސް ރިވިއުކުރުން.
  9. ދަރިވަރުންނަށް ގެއްލޭ ކްލާސްތައް ބަލއި، އެކަން ހައްލުކުރުން.
  10. ދަރިވަރުންނާ ބައްދަލުކޮށް، އެކުދިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.
  11. ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިން ޑިއުޓީއަށް ނުކުތުން
  12. އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައް އިންތިޒާމު ކުރެވިފައި އޮންނަ އުސޫލެއްގެ މަތިން ކުރުން.

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ: 4465.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް  / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. އޮފީހަށް ލިބޭ ސިޓީ، ފެކްސް މެމޯ އަދި ނޯޓް ފަދަ ތަކެތި ބަލައިގަތުން.
  2. މުވައްޒަފުންގެ ހާޒިރީ އަޕްޑޭޓުކޮށް ބެލެހެއްޓުމާއި ޗުއްޓީ ކަންތައް ހަމަޖެއްސުން.
  3. އޮފީހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް އަޕްޑޭޓުކޮށް ބެލެހެއްޓުން.
  4. އޮފީހުން ހިންގާ ކޯސްތަކާއި ސެމިނަރތަކަށް މަރުކަޒުގެ ކްލާސްރޫމްތަކާއި، ސެމިނަރރޫމް ތައްޔާރު ކުރުން.
  5. މަޤާމުތަކުގެ ރަޖިސްޓަރީ އާއި މުވައްޒަފުންގެ ރަޖިސްޓަރީ އަޕްޑޭޓުކޮށް ބެލެހެއްޓުން.
  6. މަސައްކަތު މީހުން ސުޕަވައިޒް ކުރުން.

ނޯޓް:

  1. އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. އެސިސްޓެންޓް ސްޕޯރޓްސް ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީބައިގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
  2. މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  3. މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓު ކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

5 ޛުލްޙިއްޖާ  1435

29 ސެޕްޓެންބަރު 2014