ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2014/ 267
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 19 އޮކްޓޫބަރު 2014 14:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ: 3565.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2014 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ގަލޮޅު އެކްޓިވިޓީ ސެންޓަރ / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

މަސައްކަތް ކުރަންޖެހޭ ގަޑި: ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައި ވުން. ނުވަތަ
  2. ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ގަލޮޅު ޔޫތު އެކްޓިވިޓީ ސެންޓަރުގެ ޑިޔުޓީއަށް ނިކުތުމާއެކު ކަނޑއެޅޭ އުސޫލެއްގެ މަތިން ހުޅުމާލެ ޔޫތު ސެންޓަރ، ވިލިމާލެ ޔޫތު ސެންޓަރ، މުނިއުފާ ޔޫތު ސެންޓަރ، މާފަންނު ޒުވާނުންގެ މަރުކަޒުގެ ޑިޔުޓީތަކަށް ނިކުތުން.
  2. ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކާއި ފަރިތަކުރަމުން ދަނީ ތާވަލުގައި ވާ ގޮތުގެ މަތިންތޯ ޗެކުކޮށް އެއްވެސް މައްސަލައެއް ވާނަމަ ސުޕަވައިޒަރަށް ރިޕޯޓު ކުރުން.
  3. ކުޅިވަރު ކުޅުމަށް އަންނަ މެންބަރުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ގަވާއިދުން ދޫކޮށް ބެލެހެއްޓުން.
  4. ރޭވިފައިވާ ހަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ ތައްޔާރީއެއް ވާނަމަ އެކަމެއް ކުރުން.
  5. މަރުކަޒަށް ޒިޔާރަތްކުރާ މެންބަރުންނާއި އެހެނިހެން ފަރާތްތަކުގެ ޢަމަލުތައް ހުރީ މަރުކަޒުގެ ގަވާއިދާ އެއްގޮތައްތޯ ބަލައި ސުޕަވައިޒަރަށް ރިޕޯޓް ކުރުން.
  6. މަރުކަޒުގެ ފަރާތުން ހިންގާ ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  7. މަރުކަޒުގެ ފަރާތުން ފާހަގަކުރާ ހުރިހާ ދުވަސްތައް ފާހަގަކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  8. އޮފީސް ހުޅުވައި ލެއްޕުމާއި ޑިޔުޓީއަށް ގަވާއިދުން ނުކުތުން.
  9. އިޖްތިމާޢީ ކަންކަމާއި މުނިފޫހި ފިލުވުމުގައި އެންމެހައި ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  10. ޗުއްޓީ ނަންގަވާނަމަ ހަވާލުކުރެވިފައިވާ މަސައްކަތްތައް ސުޕަވައިޒަރާ ވާހަކަ ދައްކައިގެން ހައްލުކުރުން.
  11. މީގެ އިތުރުންވެސް ތަނުގެ މަސައްކަތްތަކަށް ކުރިއެރުން ލިބޭފަދަ ހުރިހާކަމެއްގައި ބައިވެރިވުމާއެކު އޮފީހުގައި ކުރަންޖެހޭ އޮފީހުގެ ކޮންމެ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.

ނޯޓް:

  1. އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީބައިގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
  2. މި މަޤާމުތަކުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.
  3. މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

05 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014