ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2014/268
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 14 އޮކްޓޫބަރު 2014 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަން: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ: 4000.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: ޖީ.އެސް 2

ކްލެސިފިކޭޝަން: އެސިސްޓަންޓް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

 

މަސައްކަތް ކުރަންޖެހޭ ތަން:  އެޑްމިނިސްޓްރޭޓިވް ސެކްޝަން / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

2. ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން މިނިސްޓްރީގެ އިންވެންޓްރީ ބެލެހެއްޓުން.

- ބައުވާ ތަކެތީގެ ލިސްޓު ނީލަމަށް ފޮނުވުމާއި އެތަކެތި ނީލަން ކިޔޭނެހެން ވަކި ތަނެއްގައި ބެލެހެއްޓުން، އަދި ހަލާކުވެގެން ނީލަމަށް ނުނަގާ ތަކެތި ވެރިންނަށް ދަންނަވައި ނައްތާލުން.

- މިނިސްޓްރީއަށް އަލަށް ހޯދާ މުދަލުގައި ނަންބަރު ޖަހައި އިންވެންޓްރީއަށް ވެއްދުމާއި، ބައުވެ ހަލާކުވެގެން ނީލަންކިޔާ ނުވަތަ ނައްތާލާ ތަކެތި އިންވެންޓްރީން ކަނޑައި ބެލެހެއްޓުން.

- މި މިނިސްޓްރީގެ ގުދަނުގެ އިންވެންޓްރީ ބެލެހެއްޓުމާއި ގުދަނުގައި ހުރި ތަކެތި ހަލާކުވިޔަނުދީ ބެލެހެއްޓުން.

- ކޮންމެ 6 މަހަކުން އެއްފަހަރު ގުދަން ސާފުކޮށް، ބާވެ ހަލާކުވާ ތަކެތި ސުޕަވައިޒަރާއި ގުޅިގެން އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތް ނިންމުން.

 

ނޯޓް:

- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ކަށް ވުރެ ގިނަ ނަމަ ތަޢުލީމާ ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށް ފަހު އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ދިހަ ފަރާތާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސުންގަޑި: 2014 އޮކްޓޫބަރު 14 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަށެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347461 އަށް

06 ޛުލްޙިއްޖާ  1435 

30 ސެޕްޓެންބަރު 2014