މަސައްކަތް
ނަންބަރު: GS-190/2022/W-03
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 25 ޖުލައި 2022 13:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ދަނބިދޫ ސްކޫލްގެ 2022-2023 ވަނަ އަހަރަށް ކުރަންޖެހޭ މަރާމާތު

އިޢުލާނު

 

ދަނބިދޫ ސްކޫލްގެ 2022-2023 ވަނަ އަހަރަށް ކުރަންޖެހޭ މަރާމާތު

       ދަނބިދޫ ސްކޫލުގެ 2022-2023 ވަނަ އަހަރު ކިޔެވުން ފެށުމުގެ ކުރިން ކުރަންޖެހޭ މަރާމާތު އަމިއްލަ ތަކެތީގަ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދަނބިދޫ ސްކޫލަށް ވަޑައިގެން މަޢުލުމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި ދަނބިދޫ ސްކޫލް

31 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގައި ދަނބިދޫ ސްކޫލް

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު  ސިޓީއެއް ހުށައަޅުއްވަންވާނެއެވެ.

    މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިސްކޫލުގެ ނަންބަރު 6800740 ށް ގުޅުއްވުމަށް ދަންނަވަމެވެ.

18 ޖުލައި 2022