ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-C/1/2014/42
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 09 އޮކްޓޫބަރު 2014 14:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޭސް އޮފިސަރ (ގްރޭޑް 1)

މިއޮފީހުގެ ނަންބަރު 39/1/2014/ (IUL)196-C(18 ސެޕްޓެންބަރު 2014) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަޤާމަށް އިޢުލާނު ކުރަމެވެ.

މަގާމް:              އެސިސްޓެންޓް ކޭސް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:          01 (އެކެއް)

މުސާރަ:              -/6185 ރުފިޔާ

ލިވިންގ އެލަވެންސް:       -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:    ގއ. އަތޮޅު ގޮފި

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި މުސާރައިގެ % 10 އާއި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:    މިއޮފީހަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:  ލަންޑަން ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިހާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])

 04  ޛުލްޙިއްޖާ 1435

28 ސެޕްޓެންބަރު 2014