ޢާންމު މަޢުލޫމާތު
ނަންބަރު: MAP/CS/2022/11
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 16 އޮގަސްޓް 2022 11:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
(މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (MIS) ސޮފްޓްވެއަރ ޤާއިމުކުރުމަށް ކޮންސަލްޓިންގ ފާރމެއް ހޯދުމާގުޅޭ)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

(މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (MIS) ސޮފްޓްވެއަރ ޤާއިމުކުރުމަށް ކޮންސަލްޓިންގ ފާރމެއް ހޯދުމާގުޅޭ)

 

 

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީއާއެކު ދިވެހިސަރުކާރުން ހިންގަމުން ގެންދާ  [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] (MAP) އަށް އިފާޑުން ފޯރުކޮށްދޭ ފައިސާއިން ބައެއް، މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (MIS) އާ ގުޅޭ "ކޮންސަލްޓަންސީ ޚިދުމަތްތައް" ދިނުމަށް ރެކްރޫޓްކުރެވޭ ފަރާތަކަށް ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ. މި ކޮންސަލްޓަންސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ، އިފާޑުގެ އެހީތެރިކަމާއެކު ނޭޕަލްގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ ކޮމާރސް އިން ކުރިއަށް ގެންގޮސްފައިވާ "ރޫރަލް އެންޓަރޕްރައިސް އެންޑް ރެމިޓެންސް ޕްރޮޖެކްޓްސް- (RERP)- SAMRIDDHI ގައި ޤާއިމުކޮށް ބޭނުންކޮށްފައިވާ، މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (MIS) އެޑޮޕްޓްކޮށް ތަރައްޤީކުރުމާއި އަދި ސަޕޯޓްފޯރުކޮށްދިނުމާ ގުޅޭގޮތުން، މި މިނިސްޓްރީގެ ޕްރޮޖެކްޓް އިންޕްލިމެންޓޭޝަން ޔުނިޓަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން، RERP MIS ގައި، މިނިސްޓްރީން ބޭނުންވާ ގިނަ ރިކުއަރމަންޓްތައް ހިމެނިފައިވާތީ، MAP MIS ޤާއިމުކުރުމުގައި  RERP MIS  ޓްރާންސްފަރކޮށް އެޑޮޕްޓްކޮށް އޭގެ މައިގަނޑު ބައިތައް ބޭނުންކުރެވޭނެއެވެ.

 

ވީމާ، މި މަސައްކަތަށް ކޮންސަލްޓަންސީ ފޯރުކޮށްދިނުމަށް ޝަރުޠުފުރިހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު (expression of interest)، މިނިސްޓްރީގެ ޕްރޮޖެކްޓް އިންޕްލިމެންޓޭޝަން ޔުނިޓުން ހުޅުވާލަމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން، މި މަސައްކަތް ކުރުމަށް ބޭނުންވާ ކޮލިފިކޭޝަން (ފެންވަރު) އާއި ތަޖުރިބާ ހުރިކަން ދައްކުވައިދޭ މަޢުލޫމާތު ފޯރުކޮށްދޭންވާނެއެވެ. އަދި މި އިޢުލާނާއެކު ހިމަނާފައިވާ "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ގެ ޓެމްޕްލޭޓް ފުރިހަމަކޮށް ތިރީގައި ބަޔާންކޮށްފައިވާ އެޑްރެހަށް ފޮނުވަންވާނެއެވެ.

 

މި މަސައްކަތަށް ކުރިމަތިލާ ކޮންސަލްޓިންގ ފާރމް (ކޮންސަލްޓަންޓް) އަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމެއް ވުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި އިފާޑުން ހުއްދަ ނުދޭހާހިނދަކު، މިދެންނެވިފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ.

 

 

 

 

ކޮންސަލްޓަންޓް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.

 

ޝޯޓްލިސްޓްކުރެވޭ ކްރިޓީރިއާ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ޓެމްޕްލޭޓްގެ އެނެކްސް 1 ގައި ހިމެނިފައިވާނެއެވެ. ކޮންސަލްޓަންޓުގެ ކޮލިފިކޭޝަން ނުވަތަ ފެންވަރު އެންހޭންސްކުރުމަށްޓަކައި އެހެން ފާރމްތަކާއެކު ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓަންސީ ހެދިދާނެއެވެ.

 

"އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ނުވަތަ ކްލެރިފައިކުރައްވަން ބޭނުންފުޅުވާނަމަ، އެކަމެއް 01 އޯގަސްޓް 2022 ވަނަ ދުވަހުގެ ހެނދު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވާ ކްލެފިކޭޝަން ރިކުއެސްޓްތަކަށް 03 އޯގަސްޓް 2022 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.

 

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ، 16 އޯގަސްޓް 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުތައް މެދުވެރިކޮށް ލިޔުމުން ތިރީގައިވާ އެޑްރެހަށެވެ.

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3033410

އީމެއިލް: [email protected]

 

 

19 ޛުލްޙިއްޖާ 1443

18 ޖުލައި 2022