ދިވެހިރާއްޖެ
(IUL)374-C/374/2022/26 :ނަންބަރު
އިއުލާން
ފ.ނިލަންދޫ ކައުންސިލް އިދާރާއަށް ލޮރީއެއް ހޯދުމާއިގުޅޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:
މި އިދާރާއަށް ލޮރީއެއް ހޯދުމާއިގުޅޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކޮންފައިވާ މި އިދާރާގެ ނަންބަރު؛ (IUL)374-C/374/2022/20 (23 ޖޫން 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތާއި ގުޅޭ އިތުރު ތަފްޞީލު މައުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރާއި، ވެބުސައިޓާއި، ފޭސްބުކުޕޭޖުގެ އިތުރުން ގެޒެޓުން ނެގެން ހުންނާނެއެވެ. އަދި މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް 2022 ޖުލައި 19 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި އެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އޮގަސްޓް 03 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. ބިޑްހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުން : www.fncl.gov.mv ޑައުންލޯޑް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ.ނިލަންދޫ ކައުންސިލް އިދާރާއަށް ލޮރީއެއް ހޯދުމާއިގުޅޭ މަސައްކަތަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިޑް ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 ޖުލައި 2022