ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު |
|
މަޤާމް |
ހާބަރ އިންސްޕެކްޓަރ |
މަޤާމުގެ ރޭންކް |
ޖީ.އެސް 3 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި އާއި މުއްދަތު |
ވަގުތީ (31 ޑިސެންބަރު 2022 ގެ ނިޔަލަށް) |
މަޤާމުގެ ނަންބަރު: |
HI008 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހިތަދޫ އަވަށު އޮފީސް ، ހިތަދޫ / އައްޑޫ |
މުސާރަ: |
4465/- ރުފިޔާ |
ސަރވިސް އެލަވަންސް: |
1500/- ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
|
މަޤާމުގެ ޝަރުތުތައް: |
ނުވަތަ
ނުވަތަ
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖުލައި 25 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖުލައި 31 އާއި 2022 އޮގަސްޓު 04 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ. |
08 ޛުލްޙިއްޖާ 1443 07 ޖުލައި 2022 |
ވަޒީފާގެ ފުރުސަތު |
|
މަޤާމް |
ހާބަރ އިންސްޕެކްޓަރ |
މަޤާމުގެ ރޭންކް |
ޖީ.އެސް 3 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި އާއި މުއްދަތު |
ވަގުތީ (31 ޑިސެންބަރު 2022 ގެ ނިޔަލަށް) |
މަޤާމުގެ ނަންބަރު: |
HI008 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހިތަދޫ އަވަށު އޮފީސް ، ހިތަދޫ / އައްޑޫ |
މުސާރަ: |
4465/- ރުފިޔާ |
ސަރވިސް އެލަވަންސް: |
1500/- ރުފިޔާ |
އެހެނިހެން އެލަވަންސް: |
· ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތީން އިތުރުގަޑީގެ ފައިސާ ދެވޭނެ. · ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. · މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝަދުގެ މަތިން ކުރުން. 2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރަޓަރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީވުން 3. އާއްމު ރައްޔިތުން ބަނދަރު ބޭނުން ކުރަމުން ދަނީ ބަނދަރު ބޭނުންކުރުމަށް ހަދާފައިވާ އުޞޫލާއި އެއްގޮތަށްތޯ ބެލުން 4. ބަނދަރު ސަރަހައްދަށް ކުނީގެ ގޮތުގައި ޖަމާވާ ތަކެތި ކައުންސިލް އިދާރާއިން ކަނޑައަޅާ ސަރަޙައްދަށް ޖަމާކުރުމާއި، ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދަށް ގެންދިއުމަށް އިރުޝާދުދީ ކުނިނައްތާލުމަށް އެހީތެރިވުން. 5. ބަނދަރު ސަރަހަދުގައި ގާއިމްކުރެވިފައިވާ ފެނުގެ ނިޒާމް ބޭނުން ކުރަމުންގެންދާގޮތް ބެލުމަށް ސްޕަވައިޒަރުގެ މަޝްވަރާގެ މަތިން ބެލުން. 6. މޫސުމާއި ގުޅިގެން ބަނދަރަށް ޖަމާވާ ކުނި ( ހުއިފަތް، ދަޅު، ފުޅި، ލަކުނޑި، ކޮތަޅު ) ފަދަ އެންމެހާ ތަކެތި ނަގައި ކުނިއެޅުމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދަށް ސްޕަވައިޒަރުގެ ލަފާގެ މަތިން ގެންދިއުން. 7. ބަނދަރު ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް ތަކެތި ބަހައްޓާނަމަ ނުވަތަ ކުނިއަޅާނަމަ އެފަރާތްތަކަށް އެކަން އިސްލާޙް ކުރުމަށް ސްޕަވައިޒަރުގެ އިރުޝާދުގެ މަތިން އަންގައި ކުރޭތޯބެލުން. 8. ބަނދަރުގެ ނެރުބައްތި ދިއްލޭތޯބެލުމާއި ނެރުބައްތި ހަލާކުވެފައިވާނަމަ އެކަމާއިގުޅޭ މަޢުލޫމާތު ސްޕަވައިޒަރުގެ މަޝްވަރާގެމަތިން ބަލާ ބައްތި ޖެހުމުގައި އެހީތެރިކަން ދިނުން. 9. ބަނދަރަށް ލެވިފައިވާ ކަރަންޓް ދޫކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ އުޞޫލާއި އެއްގޮތަށްކަރަންޓް ދޫކުރުން 10.ކަނޑު އުޅަދުފަހަރު ބަނދަރުގައި އެޅުމާއި، ލަފާފުރައި ހަދަނީ ބަނދަރު އުޞޫލާއި އެއްގޮތައްތޯ ބެލުން 11.ރަށުގެ ބަނދަރުގައި ހަރުކޮށްފައިވާ ބޯޑުތަކާއި އެއްގޮތަށް އޮޑިދޯނިފަހަރު ތަރުތީބުކުރުވުން. 12.ރަށުގެ ބަނދަރުގެ ފަޅުތެރެއަށް އެޅޭ ކުނިތައް ނަގައި ސާފުކުރުން (.) 13.ބަނދަރުގެ ފެން އިސްކުރުތަކުން ފެނަށް އެދޭ ފަރާތްތަކަށް ރަށުއޮފީހުން އަންގާ ގޮތެއްގެ މަތިން ފެން ދޫކުރުމުގެ މަސައްކަތް ކުރުން. 14.ފަޅުތެރެ ބޭނުންކުރުމުގެ އުސޫލާއި އެއްގޮތަށް ދަތުރުވެރިން ޢަމަލުކުރޭތޯ ބެލުމާއި އަދި އެ އުޞޫލާ ޚިލާފުވާ ފަރާތްތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން. 15.އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން. |
މަޤާމުގެ ޝަރުތުތައް: |
· ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ · ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ · ގްރޭޑް 10 ނިންމާފައިވުން |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ. 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމް 2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ 3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން 4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖުލައި 25 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖުލައި 31 އާއި 2022 އޮގަސްޓު 04 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ. |
08 ޛުލްޙިއްޖާ 1443 07 ޖުލައި 2022 |