ކުއްޔަށް ދިނުން
ނަންބަރު: (IUL)321-A/321/2022/140
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 31 ޖުލައި 2022 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ހިއްކިބިމުގައި ފޯދިފައިހުރި 179 ރުއް 02 އަހަރުދުވަހަށް ކުއްޔަށް ދޫކުރުން

 (IUL)321-A/321/2022/140 :ނަންބަރު                          

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                      މިރަށު ހިއްކިބިމުގައި ހުރި 179 (ސަތޭކަ ހަތްދިހަ ނުވަ) ރުއް 02 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

          މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2022 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/y8MpkFnmJpmKnyCx9

 

          ބީލަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 2022 ޖުލައި 18 އިން ފެށިގެން 2022 ޖުލައި 31 ގެ 10:00 އާއި ދެމެދު [email protected] އަށް އީމެއިލް ކުރެއްވުމުން އެކަމުގެ މަޢުލޫމާތު ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

 

          ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2022 އޮގަސްޓް 01 ވާ ހޯމަ ދުވަހުގެ 10:00 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

          މިޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

ތުޅާދޫ ކައުންސިލް އިދާރާ/ ބ. ތުޅާދޫ

ފޯން:  6600043

އީމެއިލް [email protected]:

 

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          19  ޛުލްޙިއްޖާ  1443

18 ޖުލައި 2022