މަސައްކަތް
ނަންބަރު: (IUL)260/260/2022/74
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 25 ޖުލައި 2022 13:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫގައި ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، އެމަސައްކަތް ބޭނުންވާ 2000KG ގެ ޕިކަޕެއް ގަންނަން ބޭނުންވެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

     މިރަށުގައި ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، އެމަސައްކަތް ބޭނުންވާ 2000KG ގެ ޕިކަޕެއް ގަންނަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިއުލާނާއި އެކު ހިމެނިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތުގެ "ބީލަން ފޮތް" މިއިޢުލާނާއެކު، ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައިވާނެއެވެ. އަދި މިކައުންސިލާއި، ގުޅުއްވުމުންވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލް ޒަރީއާއިން ޑޮކިއުމަންޓް ފޯރުކޮށްދެވޭނެއެވެ.

ބިޑް ރަޖިސްޓްރީކުރުން

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިކައުންސިލްގައި ރަޖިސްޓްރީވާންވާނެއެވެ. ރަޖިސްޓްރީވާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ގޫގުލް ފޯމް މެދުވެރިކޮށްށެވެ. ގޫގުލް ފޯމްގެ ލިންކް ތިރީގައި އެވަނީއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން، އެސް.އެމް.އީ އަދި ޖީއެސްޓީ ރަޖިސްޓްރޭޝަން އޮތްފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރިޔަށްދާނީ އިއުލާނުކުރާ ދުވަހުން ފެށިގެން 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ13:00 ގެ ނިޔަލަށެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/hXnYSdkr8SnXvQ3J8

ބިޑް ސެކިއުރިޓީ

 މިޢިއުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 ބީލަން ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑެރެސް އަދި ގުޅޭނެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ، 9 އޮގަސްޓް 2022 އަންގާރަ ދުވަހުގެ 10:00 އަށް ނައިވާދޫ ކައުންސިލް އިދާރާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ 9 އޮގަސްޓް 2022 އަންގާރަ ދުވަހުގެ 10:05 ގައި ބީލަން ހުށަހަޅާ ފަރާތް ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މިއިދާރާގެ ޖަލްސާކުރާ މާލްމަގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520039 އަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

   

18 ޖުލައި 2022