ޢާންމު މަޢުލޫމާތު
ނަންބަރު: 113-CCD/I-2014/105
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 11:17
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓެއިނަރ މުދާ ކްލިއަރކުރުމަށް ރިކުއެސްޓް ބަލައިގަތުމުގެ ޚިދުމަތް ލައިވްކުރުން

މިކުންފުނިން ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް، ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން ކޮންޓެއިނަރ މުދާ ކްލިއަރކުރުމަށް ރިކުއެސްޓް ބަލައިގަތުމުގެ ޚިދުމަތް 15 އޮކްޓޫބަރު 2014 ދުވަހުން ފެށިގެން ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ ކޮންސައިނީއެއް ވަކި ޔޫސަރ އެއްގެ ގޮތުގައި ބަލައި، އެ ކޮންސައިނީއެއްގެ ނަމުގައި ރާއްޖެއަށް އެތެރެކުރެވޭ ކޮންޓެއިނަރތައް ކްލިއަރކުރުމަށް އެފަރާތަކަށް އޮންލައިންކޮށް ރިކުއެސްޓް ކުރެވޭ ގޮތަށެވެ.

ވީމާ، މުދާ އެތެރެ ކުރައްވާ ފަރާތްތަކުން ޚިދުމަތުގެ ޔޫސަރ ރެޖިސްޓްރޭޝަން ފޯމު ފުރުއްވުމަށްފަހު ވީ އެންމެ އަވަހަކަށް މި ކުންފުނީގެ ކްލިއަރެންސް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު ކުންފުނީގެ ވެބް ސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމުގައި ދަންނަވަމެވެ.

8 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014