ކުއްޔަށް ދިނުން
ނަންބަރު: (IUL)266-A/266/2022/109
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 01 އޮގަސްޓް 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުޞަތު 01 އަހަރު ދުވަހަށް ހުޅުވާލުން

     މަސްމާރުކޭޓުގެ 8 ޖާގައިގައި ރަޖިސްޓްރީ ވެގެން މަސްކެނޑުމުގެ ހިދުމަތް 01 އަހަރު ދުވަހަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 އޮގަސްޓް 2022 ވަނަ ދުވަހުގެ 14:00 ގެ  ކުރިން " ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށަހަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދިލައްވާފައިވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

     މަސްކަނޑާ އަށިތައް ދޫކުރުމާ ގުޅޭ އިތުރު މައުލޫމާތު މިއިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ "ކުޅުދުއްފުށީ މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލު" އިން ލިބިލައްވާނެވެ.

     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ޖުލައި 2022