ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
އުލިގަން، ދިވެހިރާއްޖެ.
ނަންބަރު: 245/245/2022/35(IUL)
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނުނުގައި ބުނެފައިވާ ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ތެރޭގައި ބާއްވަންޖެހޭ ބައްދަލުވުން 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ ރޭ 8:30 ގައި އިޖްތިމާއީ ހިޔާ ހޯލްގައި އޮންނާނެއެވެ.
މިބައްދަލްވުމުގައި ކުރިއަށްއޮތް 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް އަދި 2022 ވަނަ އަހަރުގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް ހުށައެޅުން އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމަށް ރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މިބައްދަލްވުމުގައި ރައްޔިތުންނާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ރިޕޯޓްތައް ކައުންސިލް އިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ.
19 ޛުލްޙިއްޖާ 1443
18 ޖުލައި 2022