ޢާންމު މަޢުލޫމާތު
ނަންބަރު: 60-ADM/2022/295
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 21 ޖުލައި 2022 23:59
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މަރާމާތު ކުރަން ގެނެސް އަނބުރާ ނުގެންގޮސް ހުރިތަކެތި

   ތިރީގައި މިވާ ލިސްޓަކީ އެސްޓީއޯ ސަރވިސް ސެންޓަރަށް  އޮކްޓޯބަރ 2021 އިން އޭޕްރިލް 2022 ގެ ނިޔަލަށް ކަސްޓަމަރުން  މަރާމާތު ކުރަން  ގެނެސް، އަނބުރާ ނުގެންގޮސް މިތަނުގައި ބެހެއްޓިފައިވާ ތަކެތީގެ ލިސްޓެވެ.

ވީމާ، މިލިސްޓުގައިވާ ތަކެތި އޭގެ ވެރިފަރާތުން 21 ޖުލައި 2022 ވާ ދުވަހުގެ ކުރިން އެސް.ޓީ.އޯ ސަރވިސް ސެންޓަރަށް ދުރުވެ ތަކެއްޗާ ޙަވާލުވެލެއްވުން އެދެމެވެ. މިތާރީހުގެ ފަހުން ނުގެންދަވާ ހުންނަ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން  ނައްތައިލެވޭނެ ވާހަކަ ދެންނެވީމެވެ.

މިތަކެއްޗާއި ޙަވާލުވެލެއްވުމަށް ދުރުވާއިރު އެސްޓީއޯ ސަރވިސް ސެންޓަރއިން ދޫކޮށްފައިވާ ސަރވިސް މެމޯ / ސްލިޕްކޮޅު ގެންނެވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3012494 ނުވަތަ 3012495 އާ ގުޅުއްވުން އެދެމެވެ.

17 ޖުލައި 2022