ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓްކޯޓް
ހއ.ދިއްދޫ ،ދިވެހިރާއްޖެ
ނަންބަރ: A-10-MC-A/2022/02
ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ޖާގަ އިތުރު ކުރުމަށްޓަކައި، މިހާރު ކޯޓު ހިންގަމުންދާ ޢިމާރާތުގެ ގޯތިތެރޭގައި ހަދާ ޢިމާރާތުގެ ފޭސް1 ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް.
މިކޯޓުގެ ޖާގަ އިތުރުކުރުމުގެ ގޮތުން ހަދާ 2 ބުރީގެ ކޯޓް ޢިމާރާތުގެ ހިމެނޭ ފޭސް 1 ގެ މަސައްކަތް އަމިއްލަ ތަކެތީގައި ނިންމައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަކީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވި އަދި ޖީއެސްޓީއަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ވާންވާނެއެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ) |
24 ޖުލައި 2022 (އާދީއްތަ) |
11:00 |
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް |
ބީލަން ހުށައެޅުން |
18 އޯގަސްޓް 2022 (ބުރާސްފަތި) |
11:00 |
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް |