ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2022/90
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމާއިގުޅޭ

އިޢުލާން

 

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމާއިގުޅޭ

 

            އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެތެރެކުރުމާއި، އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެކުލަވާލާފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް  ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ދަނީ ކުރަމުންނެވެ.

            އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އިމްޕޯޓްކުރުން މަނާކޮށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު:2020/8 (ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ގޮތުގައި ބައެއް ތަކެތި ކަނޑައެޅުމާބެހޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) އަދި ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު: 2021/9 (ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓް) ގެ މަޢުލޫމާތު މި އިޢުލާނާއި އެކު ހިއްސާކުރީމެވެ.

                         18 ޛުލްޙިއްޖާ 1443

                         17  ޖުލައި  2022

17 ޖުލައި 2022