ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2022/41
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2022
ޕަބްލިޝްކުރި ގަޑި: 09:40
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުލައިމަހު ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން
އިޢުލާން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 107 ވަނަ މާދާގެ ދަށުން ކޮންމެ އަހަރަކު ޖުލައިމަހު ރަށު ކައުންސިލްތަކުން އެރަށެއްގެ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން، ގދ. ރަތަފަންދޫ ކައުންސިލްގެ ފަރާތުން 23 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ގދ. ރަތަފަންދޫ ސުކޫލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މިބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދުން އޮންނާނެއެވެ.
ވީމާ، މި ބައްދަލުވުމުގައި ރަތަފަންދޫގެ ވީހާ ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދެންނެވީމެއެވެ.
17 ޖުލައި 2022